މާލެއަށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެފައިވާއިރު ފެން ހިންދުމަށް ބަހައްޓާފައި ހުރި ޕަމްޕެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މާލޭގެ ފެން ހިންދާ ނިޒާމް ހަރުދަނާކުރަން 24 މިލިއަން ރުފިޔާއަށް ޖަޕާން ކުންފުންޏަކަށް

އެމަޝްރޫއުގެ ދަށުން މާލޭގެ 16 ޕަމްޕް ސްޓޭޝަން އޮޓަމޭޓް ކުރާނެ
22 ފެބްރުއަރީ 2026
1

މާލެއަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހާންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މިއަދު ބުނި ގޮތުގައި ޖަޕާން ސަރުކާރުގެ އެހީގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ އެ މަޝްރޫއުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން: 

  • އެ މަޝްރޫއު ހިންގަން ސޮއިކުރީ ޖަޕާނުގެ ޓެކް އިންޓަނޭޝަނަލް އިންކޯޕޭޝަންއާ އެކު

  • އެއީ 247 މިލިއަން ޖަޕަނީޒް ޔެން (24.6 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް

  • މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު، ޓެކް އިންޓަނޭޝަނަލްއިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ މަކޯޓޯ ޔޮކޮށީ 

ތަފްސީލް - މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން: 

  • މާލޭގައި ހުރި 16 ޕަމްޕް ސްޓޭޝަން އޮޓަމޭޓްކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް އޮޓަމޭޓްކުރުން

  • 16 ޕަމްޕް ސްޓޭޝަން މޮނީޓާކުރަން ސެންޓްރަލް މޮނިޓަރިން ސްޓޭޝަނެއް ގާއިމްކުރުން

  • ފެން ހިންދާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ ޖެޓިން ވެހިކަލް ހޯދައި ހަވާލުކުރުން 

އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ 16 މަސްދުވަހެވެ. 

ފާހަގަކޮށްލެވޭ - އެ މަސައްކަތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޖޮއިންޓް ވެންޗާ އޮފް އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް އެންޑް ޔަޗިއާ އިންޖިނިއަރިން ކޮމްޕެނީ އެވެ. 

ކޮމެންޓް (1)

ކޮސް

22 ފެބްރުއަރީ 2026
މާލޭ ސިޓީކައުންސިލުން މިހާރުވަނީ މިކަންކޮށްނިންމާފައޭ.މޭޔަރު މުއިއްޒަށް 3 އަހަރުން ނުވިކަންތައް ދޮރުއަހަރުން އ.އާޒިމް ވަނީ ނިންމާފައޭ. މުއިއްޒު ވަނީ މޭޔަރުކަމުންނާއި ވެރިކަމުން ފަެލިވެފަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް