މި މައްސަލައިގައި ހައްޔަރުކުރި 2 މީހުން. (ފޮޓޯ/ފުލުހުން)

2 ދޯންޏަކުން 3 ކިލޯގެ މަސްތުވާތަކެތި ހޯދައި 2 މީހުން ހައްޔަރުކޮށްފި

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް 5 ދުވަހަށް އަދި ގއ. މާމެންދުއަށް އުފަން އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި
22 ފެބްރުއަރީ 2026

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އިއްޔެ ހޯދައި އެ މައްސަލައިގައި ދެ މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

ތަފްސީލް - ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 3 ކިލޯއަށް ވުރެ ގިނަ ތަކެތި ވަނީ ފެނިފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ: 

  • ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް، 36 

  • އަޒުހަދު ނަސީމް، 28، ފިޔާތޮށިވިލާ/ގއ. މާމެންދޫ

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް