ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި ހެދި މިސްކިތް ހުޅުވަނީ. (ފޮޓޯ/އަބްﷲ ފަރީދު)

ދީނީ އިލްމުވެރިޔާ ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި ހެދި މިސްކިތް ހުޅުވައިފި

ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ވަނީ ނިންމާފައި
21 ފެބްރުއަރީ 2026

މިދިޔަ ޖޫން މަހު އަވަހާރަވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ނަމުގައި ބަންގްލަދޭޝްގައި ހެދި މިސްކިތް އިއްޔެ ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ފަރީދުގެ ދަރިކަލުން އަބްދުﷲ ފަރީދު އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އެ މިސްކިތް ހުޅުވި ތަނުގެ ފޮޓޯއެއް ހިއްސާކުރައްވާފަ އެވެ.

"އާއިލާގެ ފަރާތުން އަދި ހިދުމަތް ޖަމިއްޔާގެ ފަރާތުން ތިޔަ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ތަފްސީލް - ފަރީދު އަވަހާރަވީ ދީނީ ދައުވަތެއްގައި މެލޭޝިއާއަށް ކުރެއްވި ދަތުރުގައި އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ. 

ފަރީދު އަވަހާރަވުމާ އެކު އޭނާ އިސްކޮށް ހުންނަވައިގެން ހިންގަވާ، ހިދުމަތް ޖަމިއްޔާއިން ވަނީ ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ފައިސާ އެއްކުރުމަށް ހުޅުވާލާފަ އެވެ. މާ ގިނައިރުތަކެއް ނުވެ އެ ފައިސާ އެއްކުރި އެވެ.

ހިދުމަތް ޖަމިއްޔާއިން އޭރު ބުނެފައިވަނީ:

  • މިސްކިތް އެޅުމަށް ހަރަދުވާނީ ގާތްގަނޑަކަށް 760،000ރ.

  • އެއީ 250 އަކަމީޓަރުގެ، 455 މީހުންގެ ޖާގައިގެ މިސްކިތެއް

ގުޅުންހުރި - ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ވަނީ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް