ގައިވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ (ފައިލް ފޮޓޯ/ފުލުުހުން)

ފުލުހުން

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ހޯމަ ދުވަހު ޓޯކުރަން ފަށަނީ

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ވެސް ޓޯކުރާނެ
20 ފެބްރުއަރީ 2026
2

މާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ތަފްސީލު - ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ވެސް ޓޯކުރާނެ ކަމަށެވެ.

އެއާ އެކު، މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެފަދަ އުޅަނދުތައް އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 11:30ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގައިފަ އެވެ.

"އެ ތާރީހުގެ ފަހުން ބަޔާންކުރެވިފައިވާ ގޮތަށް ބެހެއްޓިފައިހުރި އުޅަނދުތައް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިގޮތަށް ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގައާއި ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް މި ހިދުމަތުގެ ފަރާތުން ޒިންމާނުވާނެ ވާހަކަ ދަންނަވަމެވެ."

އުޅަނދުތައް ޓޯ ކުރުމަށް ފަހު ބަހައްޓާފައި ހުންނަ ތަނަކުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުންނެވެ.

ކޮމެންޓް (2)

ތެފައާސާ.

21 ފެބްރުއަރީ 2026
ޕާކުކުރާނޭ ތަނެއް ނުދައްކައި އުޅަނދު ޓޯ ނުކުރާނޭކަމަށް ކެމްޕޭނު ތެރޭގައި ވައުދުވީ މީހުން
3 0

އިސްމާއިލު

21 ފެބްރުއަރީ 2026
ވަރަށް ރަގަޅު ނިންމުމެއް...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް