ދެ އިންތިހާބުގެ އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހެދުމުގެ ގަރާރު މީކާއިލް މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަނީ (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓާ ދެކޮޅު ހަދައި އެމްޑީޕީން މަގުމަތީ ހަރަކާތްތައް ފަށަނީ

އެމްޑީޕީން ބުނަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައީ އަވަސްއަރުވާލައިގެން އަދި ވޯޓަށް އާންމުން ހޭލުންތެރިކުރަން ވަގުތު ވެސް ނެތް ކަމަށް
20 ފެބްރުއަރީ 2026
3

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހެދުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފަ އެވެ.

އެނގުން މުހިންމު - އެ ވޯޓް ނެގުމަށް ނިންމާފައި ވަނީ:

  • އެޕްރީލް 4 ވަނަ ދުވަހު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާ އެކު

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ވަގުތީ ޗެއާޕާސަން މެންބަރު ގަފޫރު ބަލަހައްޓަވަނީ (ފޮޓޯ/އެމްޑީޕީ)

ވީ ކިހިނެއް؟ - އެ ނިންމުން ނިންމާފައިވަނީ އެ ޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުންނެވެ.

ތަފްސީލް - އެކަމާ ގުޅޭ ގަރާރު އެ ބައްދަލުވުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

  • ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުހިއްމު ކަމެއްގައި އާންމުންގެ ހިޔާލު ހޯދުމުގެ މަޝްވަރާތައް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހެޅުމުގެ ކުރިން ކުރިއަށް ގެންގޮސްފައި ނުވުން

  • ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ދިރާސާކުރުމަށާއި މަޝްވަރާ ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން ބިލު ފާސްކޮށްފައި ވާތީ އެކަން ކުރުމުގައި ރަނގަޅު ނިޔަތެއް ނެތްކަން ހާމަވޭ

  • ހިޔާލު ހޯދުމުގެ ވޯޓަށް އާންމުން ހޭލުންތެރިކުރަން އެކަށީގެންވާ މުއްދަތެއް ނެތްކަން ވެސް މީކާއިލްގެ ގަރާރުގައި ފާހަގަކުރި 

މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓިގެ ކުރީގެ ޗެއާ ފައްޔާޒު ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓިގެ ރައީސް ޝާހިދު ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

މި ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ގަރާރެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރަކީ:

  • ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހެދުމުގެ ގޮތުން މަގުމަތީގެ ހަރަކާތްތައް ފެށުމާ މެދު ޕާޓީން ގޮތެއް ނިންމުމަށް ހުށަހެޅި ގަރާރެއް 

އެ ގަރާރު ވެސް ފާސްވީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. 

ފާހަގަކޮށްލެވޭ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަންވީ ރިޔާސީ ދައުރުގެ މެދު ތެރެއިންނެވެ. އެމްޑީޕީގެ އިސް ވަރަށް ގިނަ ބޭފުޅުންގެ ވިސްނުމަކީ އެއީ އެވެ. 

ކޮމެންޓް (3)

ޖައްސާތި

20 ފެބްރުއަރީ 2026
އެންމެން ހަމަހަމަކުރަން މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކާއި ގޯއްޗަށް އެދޭ އެންމެނަށް އެކަކު ވެސް ބާކީ ނުކޮށް ފްލެޓްސް ތަކާއި ގޯތި ތައް މާލެ ސަރަހައްދުން ދޭނެ ކަމަށް ރައީސް މީހާގެ ގަރާރަކުން އިއުލާންކުރާށޭ އެއިރުން މިހާރު އެމްޑީޕީން އިއުލާންކޮށްފައިވާ މަގުމައްޗަށް ނިކުތުން ވައިވާނެ ކަން އެއީ ޔަގީން ކަމެކޭ..
1 0

ޒިންދާބާދު

20 ފެބްރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުން ޒިންދާބާދު ޒިންދާބާދު ޒިންދާބާދު ޒިންދާބާދު ކެނެރީގެ ނަޝީދަށް ހަލާކުހުރި އޭނާ އަށް ރާއްޖެ އަށް ނޭރޭގޮތް މެދުވެރިކުރައްވާންދޭންވެ ކެނެރީގެ ނަޝީދަށް ހަލާކުހުރި އޭނާ އަށް ރާއްޖެ އަށް ނޭރޭގޮތް މެދުވެރިކުރައްވާންދޭންވެ ކެނެރީގެ ނަޝީދަށް ހަލާކުހުރި އޭނާ އަށް ރާއްޖެ އަށް ނޭރޭގޮތް މެދުވެރިކުރައްވާންދޭންވެ ކެނެރީގެ ނަޝީދަށް ހަލާކުހުރި އޭނާ އަށް ރާއްޖެ އަށް ނޭރޭގޮތް މެދުވެރިކުރައްވާންދޭންވެ ކެނެރީގެ ނަޝީދަށް ހަލާކުހުރި އޭނާ އަށް ރާއްޖެ އަށް ނޭރޭގޮތް މެދުވެރިކުރައްވާންދޭންވެ ކެނެރީގެ ނަޝީދަށް ހަލާކުހުރި އޭނާ އަށް ރާއްޖެ އަށް ނޭރޭގޮތް މެދުވެރިކުރައްވާންދޭންވެ
1 1

ވަގުންނޭ

20 ފެބްރުއަރީ 2026
އެމްޑީޕީ އަކީ ރާއްޖޭގެ ކަނޑުވިއްކާ އެއަރޕޯރޓް ވިއްކާ މާލޭގެ ސްކޫލް ތައް ވިއްކާ ވައްކަންކުރި ބޮޑެތި ވަގުންނޭ ދެން ދެ އިންތިޚާބު އެއްކޮށްލާ ވޯޓް ނެގުމުން ތަމެން އެއްކޮށް ރާއްޖޭގެ ސިޔާސީ ވުޖޫދުން ފުހެވިގެންދާނެ ކަން ޔަގީންވާތީވެ އެކަމާއި ބިރުން ތެޅިބާލަނީއޭ ހެޔޮނުވާނެއޭ އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަން ދޭން އަދި ހެޔޮނުވާނެއޭ އެމެންނާއި އެކު އުޅެން ވެސް އެއީ ރާއްޖޭގައި ރަސްކަންކުރި ކަޅު ހަސަން ރަސްގެފާނު ގޮތަށް ރާއްޖެ ވިއްކާލާ ކަޓްކާން ދަންނަ ބަގަތަކޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް