މި ރޯދަމަހު ޖަލުތަކުގައި ތަރާވީސްކުރަން ހަމަޖެއްސި ހާފިޒުން (މ)އާ އެކު ކަރެކްޝަންސްގެ އިސްވެރިން. (ފޮޓޯ/ކަރެކްޝަންސް)

މި ރޯދަމަހު ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރަނީ

ތަރާވީސް ކުރުމުގެ އިތުރުން ގައިދީންނާއި ބަންދުމީހުންނަށް ދީނީ ސެޝަންތަކެއް ވެސް މި ރޯދަމަހު ކުރިއަށް ގެންދާނެ؛ އެކަމަށްޓަކައި އިއްޔެ ވަނީ ހާފިޒުން ހަމަޖައްސާފައި

ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ކަރެކްޝަންސްއިން ބުނި ގޮތުގައި، މި ރޯދަމަހު ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީސް ނަމާދު ކުރާނެ އެވެ. އަދި ގައިދީންނާއި ބަންދުމީހުންނަށް ދީނީ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

އެކަމަށްޓަކައި އިއްޔެ ވަނީ ހާފިޒުން ހަމަޖައްސާފަ އެވެ.

ތަފްސީލް - ގައިދީންނާއި ބަންދުމީހުން ދީނީ ކަންކަމަށް އަހުލުވެރިކުރުވުމަށާއި އަހުލާގީ ގޮތުން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ކަރެކްޝަނުން އަންނަނީ ދީނީ ސެޝަންތަކެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެކަން ކުރަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ. 

ރޯދަަމަހާ ދިމާކޮށް ގައިދީންނަށް ދީނީ ނަސޭހަތް ދިނުމަށް ހިންގި ސެޝަނެއްގެ ތެރެއިން.

ކަރެކްޝަންސްއިން ބަލަހައްޓާ ހުޅުމާލެ އަދި އައްސޭރި ޖަލުގެ ގައިދީންނަށް ހާއްސަކޮށް، ރޯދަމާހާ ދިމާކޮށް ހާއްސަ ހަފްލާއެއް ވެސް މިދިޔަ ހޯމަަ ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ.

މި ހަފްލާގައި އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ގައިދީންނަށް ފުރުސަތުދީފައިވާއިރު، ކަރެކްޝަންސްގެ އާ ހެޑްކުއާޓަރު އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ގައިދީންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވެސް ދީފައިވެ އެވެ.

ރޯދަމަހާ ދިމާކޮށް އައްސޭރި ޖަލުގެ ގައިދީންނަށް ހާއްސަކޮށް ބޭއްވި އާއިލީ ހަފްލާގެ ތެރެއިން. (ފޮޓޯ/ކަރެކްޝަންސް)

އެނގުން މުހިންމު - މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ޖަލުތަކަކީ ހަމައެކަނި އަދަބު ދެވޭ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މީހުން އިސްލާހުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަކީ ސަރުކާރުގެ އަމާޒެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް