ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްއޭސީއެލް

މި ރޯދަމަހު އެމްއޭސީއެލް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރުވާ ނަމަ

އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ވަގުތަކީ 4 ގަޑިއިރާއި 30 މިނެޓް؛ އެއީ ހެނދުނު 9 އިން މެންދުރު 1:30އަށް

މި ރޯދަ މަހު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ހަތަރު ގަޑިއިރަށް ކުރުކޮށް، 48 ގަޑިއިރަށް ވުރެ އިތުރުވުމުން ނޫނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ތަފްސީލް - ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލްއިން މުވައްޒަފުންނަށް މިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުން، މި ރޯދަމަހު އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ވަގުތަކީ ހަތަރު ގަޑިއިރާއި 30 މިނެޓެވެ. އެގޮތުން:

  • ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1:30އަށް

  • ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 9 އިން 9:30 ދެމެދުގެ ވަގުތެއް ވަނީ ކަނޑައަޅާފައި

އެ ސާކިއުލާގައިވާ ގޮތުން، ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރަން ހަމަޖެހިފައިވާ ގަޑި ކަނޑައަޅާނީ އެ މުވައްްޒަފެއް މަސައްކަތްކުރާ ޑިޕާޓުމަންޓް ނުވަތަ ސެކްޝަނަކުންނެވެ.

ރޯދަމަހުގެ މަސައްކަތު އުސޫލަށް މިފަހަރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތެވެ. އެގޮތުން، ރަސްމީ މަސައްކަތު ގަޑީގެ ބޭރުން ކުރާ އެއްވެސް މަސައްކަތަކަށް 48 ގަޑިއިރު ނުވާ ނަމަ ފައިސާއެއް ނުލިބޭނެ އެވެ. 

"ރޯދަމަހު އިތުރު ގަޑީގެ ފައިސާ ލިބޭނީ އެހެން މަސްމަހެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތަށެވެ،" ސާކިއުލާގައިވެ އެވެ.

ކޮމެންޓް (1)

ސަރީފް

18 ފެބްރުއަރީ 2026
މާގިނައިން ޖިމްތައް ހަދައި ބޭކާރު އެއަރޕޯޓްތައް އަޅަން ޖެހޭތީ ކުޑަކޮށް ފައިސާގެ ތާށިކަން އައީމަ، މުވައްޒަފުންގެ ބެއެއް ބެނިފިޓްތައް އުނިކޮށްލަން ޖެހިފަ މިއޮތީ. ހުރިހާ ރަށެއްގައި ޖިމް ހަދާ ނިމުނީމާ އޯކޭ ވާނެ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް