އާރުޓީއެލް ދަތުރުތަކުގައި ބޭނުންކުރާ ލޯންޗު ފެރީއެއް. (ފޮޓޯ/އެމްޓީސީސީ)

އާރުޓީއެލް ފެރީ

ދ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ބާއްވާ ހިލޭ ދަތުރުތައް؛ ދަތުރުތަކަށް އަގު ނަގަން ފަށާނީ މި މަހުގެ 25 އިން ފެށިގެން

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ފެރީގެ ހިދުމަތް ދ. އަތޮޅުގައި ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ދ. މީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. މިއީ އެމްޓީސީސީން މި ހިދުމަތް ދޭން ފެށި 13 ވަނަ އަތޮޅެވެ.

ތަފްސީލް - ދ. އަތޮޅުގައި ތިން ރޫޓަކަށް ދަތުރުތައް ބާއްވާނެ އެވެ.

މިއަދު ހިދުމަތް ފެށުމާ އެކު ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ބާއްވާ ހިލޭ ދަތުރުތަކެވެ. ދަތުރުތަކަށް އަގު ނަގަން ފަށާނީ މި މަހުގެ 25 އިން ފެށިގެންނެވެ.

މި ރަސްމިޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖެ އެއްކޮށް ގުޅާލައި ނިމޭނެ ކަމަށެވެ.

މި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ނޫން ކަމަށާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރުހުރި ދަތުރުފަތުރުގެ ސަގާފަތެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް އަމީން ވިދާޅުވި އެވެ.

ރާއްޖޭގެ ޖަޒީރާ ކަނޑުތަކަކީ އެއް ބަަޔަކު އަނެއް ބަޔަކާ ވަކިކުރާ ހުރަހަކަށް ވެގެންނުވާނެ ކަމަށާއި ވާންޖެހޭނީ ގުޅުވައިދޭ މަގުތަކަކަށް ކަމަށް ވެސް އަމީން ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް