ރައީސް މުއިއްޒު ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބޯހިޔާވަހިކަން

ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދީ، ލައްކައެއްގެ އިނާޔަތެއް ދެނީ

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް
17 ފެބްރުއަރީ 2026
4

މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެނގުން މުހިންމު - ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއު ހިންގަން މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ފާސް ވެސް ކުރި އެވެ. އެ މަނިކުފާނުގެ އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު ވަނީ، ގަލޮޅުގައި ހުންނަ ސިނަމާލެ އާއި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފަ އެވެ.

އިއްުޔެ ހަވީރު އެ ބައްދަލުވުން އޮތީ މުލިއާގޭގަ އެވެ.

  • ސިނަމާލެ ފްލެޓް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސިނަމާލެ ފްލެޓް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސިނަމާލެ ފްލެޓް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސިނަމާލެ ފްލެޓް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި، ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސަށް ހުށަހަޅާފަ އެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ރައީސް ވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި، ސިނަމާލެ 1، 2، 3 އަދި 4 އާއި މާލެހިޔާ 1 އަދި 2ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ނިންމަވާފަ އެވެ. އެގޮތުން:

  • މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދޭނެ 

  • ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެ ކަމަށް ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 1 ލައްކަ ރުފިޔާ ދިނުން

މި އިނާޔަތް ދިނުމުގައި ބަލާނީ:

  • ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަން ޖެހޭ ޖުމުލަ އަދަދު 1 ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ، 1 ލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ

  • ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ އަދަދު 1 ލައްކަ ރުފިޔާއަށް ވުރެ ކުޑަ ނަމަ، އެ މިންވަރެއް މާފުކޮށްދިނުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ

  • ފްލެޓް މިލްކުކުރަން ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 1 ލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެ

ކޮމެންޓް (4)

އަހްމަދު

17 ފެބްރުއަރީ 2026
ރައީސް މުއިއްޒު .ރައްޔިތުންގެ ބައިތުލްމާލުން ވަކިބަޔަކަށް އިނާޔަތާ ފައިސާ ދޭން މަނިކުފާނު ނިންމެވިއިރު މާލޭގައި ބޮޑުކުލީގައި ދިރިއުޅޭ އެތައް ރައްޔިތުން އެބަތިބި. އެމީހުންނަށް އެއްވެސް އިނާޔަތެއްނުދީ އަދި އެއްވެސް އެއްޗެއްނުދީ 2000 ރުފިޔާގެ ކުލީގައި ދިރިއުޅޭ އެއްބަޔަކަށް ކުލިމާފުކޮށްދީ އަދި އެމީހުންނަށް ލައްކައިން އިނާޔަތް ދޭންތިޔަ ނިންމެވި ނިންމެވުމަކީ އަދި އެއްފަހަރު މަނިކުފާނު ވިސްނާ ވަޑައިގަންނަވަންޖެހޭފަދަ ނިންމެވުމެއް ކަމަށްދެކެން. ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް އިނާޔަތެއް ނެތް .ދެއްވަންޔާ އެންމެހާ ރައްޔިތުންސާމިލްވާގޮތަށް ދެއްވަންފެނޭ.
2 0

ހަތަރެސްކަން

17 ފެބްރުއަރީ 2026
ސަރުކާރުން ބަޔަކަށް އިނާޔަތެއް ދޭން ނިންމުމެއް ނިންމި ބައްދަލުވުމެއްގައި ޕީއެންސީގެ މާލޭގެ މޭޔާރ ކެންޑިޑޭޓު ރިޓަޔާރޑް ޖެނެރަލް މޫސާ އަލީ ޖަލީލު ބައިވެރިވެގެން އެ އިންނެވީ ކޮން ހައިސިއްޔަތަކުންބާ؟ މިއީ އެމަނިކުފާނު މޭޔާރ ކަމަށް ކުފޫ ހަމަ ނުވާ ކަމުގެ މިސާލެއް ނޫންބާ؟
4 0

ތެފައާސާ.

17 ފެބްރުއަރީ 2026
ސަރުކާރުގެ ނުކުޅެދުންތެރިކަމުން ވައުދު ފުއްދަން ނޫޅެ، ގަނޑުކޮށް ލާރި ދިނީމާ ކަންކަން ހާސިލްވޭބާ؟ މިސާލަކަށް ތި އިމާރާތް މަރާމާތުކުރަން ނުވަތަ އާ އިމާރާތެއް އަޅައިދޭން ވައުދުވެގެން އައިސް އެކަން ނުވީމާ ކޮންމެ މީހަކުގެ އެކައުންޓަށް ނަގުދުން 1 ލައްކަ ރުފިޔާ ޖަމާކޮށްދިނީމާ މަގުސަދު ހާސިލްވޭބާ؟ ދެން ފުލެޓާ އެއާރޕޯޓާ ބަނދަރާ ބުރިޖު ވައުދުވެސް ބަހައްޓާފައި، އެ ޕްރޮޖެކްޓްތަކުގެ ލާރިކޮޅު ކޮންމެ މީހަކަށް ނަގުދު ފައިސާއިން ބަހައި ނިންމާލަމާ؟؟
3 0

ޟފހ5

17 ފެބްރުއަރީ 2026
މާލެހިޔާ/ސިނަމާލެ ފުލެޓްގެ ކުއްޔަކީ އެކަމު އެންމެ 2000 ރ ދޯ؟!!!!!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް