ކެބިނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒު (ފޮޓޯ ރައީސް އޮފީސް)
ކައުންސިލް އިންތިހާބު އޮންނަ ދުވަހު ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ރައީސް ނިންމަވައިފި
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓު އަންނަ ކައުންސިލް އިންތިހާބު އޮންނަ ދުވަހު ނަގަން ރައީސް ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މިކަން އިއުލާންކުރެއްވީ މިއަދު ނެރުއްވި ގަރާރެއްގަ އެވެ. މި ހިޔާލު ހޯދުމުގެ ވޯޓުގައި ހުށަހަޅާ ސުވާލަކީ;
-
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
މި ގަރާރުގައި ވޯޓު ނަގަން ކަނޑައަޅާފައިވާ ތާރީހަކީ ކުރިޔަށް އޮތް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނަ 4 އެޕްރީލް ވާ ހޮނިހިރު ދުވަހު އެވެ.
މި ގަރާރާ އެކު، ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންކަން ގާނޫނުގައިވާ ގޮތުގެ މަތިން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގަވާފަ އެވެ.
އެނގުން މުހިންމު - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ގާނޫނުއަސާސީއަށް ސަރުކާރުން މި އިސްލާހު ގެނައީ، އޭރުން ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ބުނެ އެވެ.
މި އިސްލާހު ތަސްދީގުކުުރެއްވުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އެގޮތުން:
-
މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި
-
ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް
-
އިސްލާހުގައިވާ ގޮތުން މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށް ކަމަށް؛ އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ
ކޮމެންޓް (2)
ދަންނަމޭދޯ
ތަމެންދޯ