ސަރުކާރު މުވައްޒަފުންތަކެއް އޮފީހަށް ވަންނަނީ

ރޯދަ 2026

ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1އަށް

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފަށާނީ އަންނަ ބުދަ ދުވަހު؛ ހަނދު ސާބިތުކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ

މި އަހަރުގެ ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ވެސް ހެނދުނު 9 އިން މެންދުރު 1އަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ތަފްސީލް - ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި އިއުލާންކޮށް ރައީސް އޮފީހުން މިއަދު ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ ރޯދަމަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 ކަމަށެވެ.

އެނގުން މުހިންމު - ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑި މިގޮތަށް ހަމަޖައްސާފައިވަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.

ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ރޯދަމަސް ފަށާނީ އަންނަ ބުދަ ދުވަހު އެވެ. ހަނދު ސާބިތުކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް