ސުނާމީ ބިނާ

އެމްޓީސީސީ

ސުނާމީ ބިނާ މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

އެ ސަރަހައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓް ޕައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތް ކުރާނެ

ސުނާމީ ބިނާ މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ތަފްސީލް - ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އެއީ މާލޭގެ ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެއް ކަމަށެވެ.

މުއްތަލިބު ވިދާޅުވިގޮތުން އެ މަޝްރޫއުގެ ދަށުން ކުރަނީ:

  • އެ ސަރަހައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް 

  • ސުނާމީ ބިނާ ހުރި ސަރަހައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓް ޕައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތް

ފަސްމަންޒަރު - ސުނާމީ ކާރިސާގެ ހަނދާނުގައި ހެދި ސުނާމީ ބިނާ ފުރަތަމަ ހުރީ މިހާރު ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގަ އެވެ. އެ ބިނާ މާލޭ ހުޅަނގުފަރާތު ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކޮށް، މިހާރު ހުރި ގޮތަށް މައިޒާނެއް ތަރައްގީކުރީ 2016 ވަނަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް