ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި އީޝާ އަޝްރަފް

ޕީއެންސީ

ހަޔާ އެޑިއުކޭޝަންގެ އެސްޕީޑީގެ މަގާމުން އީޝާ އަޝްރަފް ވަކިކޮށްފި

އީޝާ ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް ހަސަން މުފީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން މި ގޮތަށް އީޝާ ވަކިކުރުން ކުށްވެރިކުރާ ކަމަށް
10 ފެބްރުއަރީ 2026
4

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ)ގެ ވަޒީފާގައި ހުންނެވި އީޝާ އަޝްރަފް މަގާމުން ވަކިކޮށްފި އެވެ.

ވީކިހިނެއް؟ - އީޝާ މަގާމުން ވަކިކުރި ކަމުގެ ލިއުން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ ސައްހަ ލިއުމެއްކަން ޔަގީނެވެ.

ތަފްސީލް - އީޝާއަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ އީޝާ ވަކިކުރީ ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރިން އީޝާ ވަނީ ރައީސް އޮފީހުގައި ވެސް މި ސަރުކާރުގައި މަސައްކަތްކުރައްވައިފަ އެވެ.

އީޝާ ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް ހުސެއިން މުފީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދާއިރާއަށް ނިސްބަތްވާ ޕީއެންސީގެ އެއްވެސް މެންބަރަކަށް ދެރަ ގޮތެއް ވުމަށް ނޭދޭ ކަމަށެވެ. އަދި ސަރުކާރުން މި ގޮތަށް އޭނާ ވަކިކުރުން ކުށްވެރިކުރާ ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.

ކޮމެންޓް (4)

އައްޑާ

10 ފެބްރުއަރީ 2026
ޖަސްޓިސް ފޮރ އީޝާ - އުއްބައްތި ކޮޅެއް ދިއްލަންފެނޭ - ސްޓެލްކޯ އިމްޕެކްޓް ދޯ
0 0

ވޮޗްމޭން

10 ފެބްރުއަރީ 2026
އީޝާ ވަކިކުރުމަކީ އައްޑޫ މީދޫއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް. އެކަމަނާ ވަކިކޮށް މިހާ ނިކަމެތިކޮށް އެކަހެރި ކޮށްލުމަކީ ވަރަށް ދެރަ ކަމެއް. އައްޑޫ މީދޫ ކުޑަކުޑަ ދުބާއީއަށް ވުމުގެ އުންމީދުވެސް ގެއްލުނީ. އަޅުގަނޑު ކަމަނާއަށް ދަންނަވާނީ ހިތްވަރާއެކު މީދޫ ރައްޔަތުންނާއި އެކު ކުރިޔަށް ދާން. ކައުންސިލްއަށް ކުރިމަތިލެވުނު ނަމަ ކާމިޔާބު ވާނެ.
1 0

ތެފައާސާ.

10 ފެބްރުއަރީ 2026
ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީ ވެސް ހަމަ މިހެން ކުއްލިއަކަށް ވީނުވީއެއްވެސް ނޭގި ވަކިކޮށްލީ. އިއްތިފާގެއްބާ؟
3 0

ގްރަމާ ނާޒީ

10 ފެބްރުއަރީ 2026
ލިއުން އެއް ނޫން ލިޔުން. ލިޔަން ކިޔަން އެހެން އޮންނަނީ . ލިއުން އެއީ ކުށްބަހެއް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް