އޭޝިއަން ކަޕް ކޮލިފައިންގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންތަކެއް (ފޮޓޯ/އެފްއޭއެމް)

ކުޅުންތެރިންނަށް ހާއްސަ ސިއްހީ އިންޝުއަރެންސް ދޭން ފަށައިފި

ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި

މުބާރާތްތަކުގައި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް، ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތެއް ފޯރުކޮށްދޭން މިއަދު ފަށައިފި އެވެ.

ތަފްސީލް - މިކަން ހާމަކުރައްވާ ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ކުޅުންތެރީންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ދަށުން:

  • ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ 

  • ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި

މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް