އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު

ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓެއް ނަގާ ނަމަ 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ: އީސީ

އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވެފައި ވާއިރު، އެ ދުވަހު ހިޔާލު ހޯދުމުގެ ވޯޓެެއް ނަގާ ނަމަ ރައްޔިތުންނަށް އެ މައުލޫމާތު ދިނުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށް

ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބާއްވާ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ބާއްވާ ނަމަ، 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ 4 އޭޕްރީލްގަ އެވެ. މި ދުވަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. މި ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އަންނަނީ އެކަމާ މެދު ބަންޑާރަ ނައިބުގެ އޮފީސް އަދި ސިޔާސީ ޕާޓީތަކުގެ އިތުރުން އީސީން ދެކޭ ގޮތް ބެލުމަށް އެ ފަރާތްތަކާ ބައްދަލުކޮށް ހިޔާލު ހޯދަމުންނެވެ.

ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެ ކޮމިޝަން އޮތީ، ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލެއް ގެނެސް އެކަމާ ގުޅިގެން އީސީން ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ކުރާ ގޮތަށް އަދި އެ ކަމަކަށް ފުރިހަމައަށް އެއްބާރުލުންދޭ ގޮތަށް ކަމަށެވެ.

އެކަމަކު، އެކަމަށްޓަކައި ގާނޫނުގައި ބުނާ ގޮތަށް އެންމެ ލަސްވެގެން 45 ދުވަސް ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު އެއްކޮށް ބޭއްވޭނީ އެންމެ ލަސްވެގެން މި މަހުގެ 18ގެ ނިޔަލަށް ހުރިހާ މަރުހަލާތަކެއް ނިމި ވޯޓަކަށް އަހަން ތައްޔާރުވެވިގެން ކަމަށް ވިދާޅުވި އެވެ.

"އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ހަމަ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ރިފަރަންޑަމް އެއް ދުވަހަކު ބާއްވާ ގޮތަށް ފާސްވެއްޖެ ނަމަ [އެ އިންތިހާބުތައް ބޭއްވުމަށް] އޭގެ މާނައަކީ އަޅުގަނޑުމެން [އީސީ]އަށް އިތުރަށް 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ،" ޒާހިދު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު އޮންނަ ދުވަހު، ހިޔާލު ހޯދުމުގެ ވޯޓެއް ބާއްވާ ނަމަ އިތުރަށް 20 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ސަބަބުތައް ވެސް ޒާހިދު ވިދާޅުވެ ދެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އިތުރަށް ކަރުދާސް ޗާޕުކުރަން ޖެހޭނެ

  • އޮފިޝަލުން ކުރާ މަސައްކަތްތައް އިތުރުވެގެންދާނެތީ އިތުރު އޮފިޝަލުން ނަގަންޖެހޭނެ؛ އެހެން ވެއްޖެ ނަމަ، އެ އޮފިޝަލުންނަށް ދޭންޖެހޭ އިތުރު އެލަވަންސެއް އޭގެ ތެރެއަށް އަންނާނެ

  • ރައްޔިތުންގެ ހިޔާލު ހޯދަން ބާއްވާ ވޯޓަށް ރަށްރަށަށް އިތުރަށް ވޯޓު ފޮށިތައް ފޮނުވަންޖެހޭނެ

  • ކުރީގެ ތަޖުރިބާތަކަށް ބަލާއިރު އެންމެ ފަހު ވަގުތުގައި އައިލެންޑް އޭވިއޭޝަން ފަދަ ތަންތަނުން ފްލައިޓުތައް ޗާޓަރުކޮށްފައި ފޮނުވަން ވެސް ޖެހޭ؛ އެ ހާލަތުގައި 20 މިލިއަން ރުފިޔާއަށް ވުރެ މަތިވުން ވެސް އެކަށީގެންވޭ

ހިޔާލު ހޯދުމުގެ ވޯޓު ވަކިން ބާއްވާ ނަމަ ވެސް، ގާތްގަނޑަކަށް 60 ނުވަތަ 80 މިލިއަން ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް ބެލެވޭ ކަމަށް ޒާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، ޒާހިދު ދެން ވެސް ވިދާޅުވީ މަޖިލިސް އިންތިހާބާ ރިޔާސީ އިންތިހާބު އެއްކޮށްލާ ގޮތަށް ބަދަލުކޮށްފި ނަމަ ރާއްޖޭގެ ސިޔާސީ ވެއްޓަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށާއި އެފަދަ ބޮޑު ބަދަލެއް އަންނައިރު އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

އަވަސް އަރުވާލައިގެން ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު، ހިޔާލު ހޯދުމުގެ ވޯޓު ނަގަން ބޭނުންވާ ނަމަ ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުންނަށް އެ މައުލޫމާތު ދެވޭނެ ވަގުތު އޮއްވާ އެކަމަށް ތައްޔާރުވާން ވަގުތު ދިނުމަށް ޒާހިދު އެދިވަޑައިގަތެވެ.

"މިހާ އަވަހަކަށް މިގޮތަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވަންޏާ، ވީހާ ވެސް އަވަހަށް މި މަރުހަލާ، މާނައަކީ މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި އަދި ރައީސް [މުހައްމަދު މުއިއްޒު] ނުވަތަ މަޖިލީހުން ވެސް ގަރާރު ނެރުއްވައި އަޅުގަނޑުމެންނާއި ހަމައަށް ވީހާ ވެސް އަވަހަކަށް މިކަންކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަކީ މުހިންމު ކަމެއް،" ޒާހިދު ވިދާޅުވި އެވެ.

"އެއީ ރައްޔިތުންނަށް މިކަމާ ބެހޭ މައުލޫމާތު ދޭންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑުމެން މިތިބީ ތައްޔާރަށް."

އެނގުން މުހިންމު - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، އޭރުން ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ބުނެ އެވެ.

މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އެގޮތުން:

  • މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި

  • ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް

  • ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށް ކަމަށް؛ އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ

ކޮމެންޓް (2)

އޯއްއައި

2 ފެބްރުއަރީ 2026
ކައުންސިލް އިންތިހާބާއެކު ރިފަރެންޑަމް ބާއްވަންވީއޭ އެއިން އެއްވެސް މައްސަލަ އެއް ނުނިކުންނާނެއޭ އެފަރޓް އެއް ނުލާ ދުވާލު 11 ޖެހުމުން ފޫކޮޅަށް އަވި ދޭން ފެށުމުން ހޭލާ ބަގަތަކަށް ނޭގޭނެއޭ ކިތަންމެ ވަރަށް ބުނެދިނަސް އެއީ މިގައުމުގެ ކަންކަން ނިންމަން ހުރި ޗޮއިސް ތަކެއް ނޫނޭ އެމެންގެ ވޯޓަކީ އެއީ ފަސޭހައިން ގަނެލެވޭނެ އެއްޗެކޭ ރައްޔިތުންގެ ވޯޓް އެއީ ގަންނަ އެއްޗެކޭ ކެމްޕެއިން އެއީ ވޯޓްގަތުމޭ ދޭ ކޭމް އާސްކިންގް ފޯރ ފަންޑްސް ޔޫ ނޯ ދޭ މޭކް ދެއަރ ވޯލްޑް އޭޒް ކޮލޭޓްރެލް ޑެމޭޖްސް ދޭ ކޭމް އާސްކިންގް ފޯރ ފަންޑްސް އޯއް އައި އޯއް އައި އޯއް އައި އޯއް އައި އައި އޭމް ފީލިންގް ހައި ސޯ ހައި އޯއް އައި އޯއް އައި އޯއް އައި ޑާންސް ޑާންސް ޑާންސް ޑާންސް....
0 0

އައިވޯންޓް

2 ފެބްރުއަރީ 2026
އިގްތިސާދީ ގޮތުން ބަލާއިރު ބަލްކް އޯޑަރސް އެއީ ފައިދާބޮޑު ކަމެކޭ އެގޮތަށް ހުރިހާ އިންތިޚާބު ތައް މާރޖް ކުރުމަށް ފަހު ބަލްކްކޮށް އިންތިޚާބީ މޫސުމެއްގެ ގޮތުގައި 1 މަސްދުވަސް ބޭއްވީމާ ހުންނާނީ ރަނގަޅަށޭ މަމެން ތާއީދޭ މިކަމަށް އަބަދު އަބަދު ކެމްޕެއިން ކުރަން އުޅެގެން ކަންކަން ދަނީ އަތަށް ގޮވަމުންނޭ މިހާރު ރާއްޖޭގެ މަސައްކަތް ކުރާ ޖީލު އެއީ ކޮމާރސް ސްޓްރީމަށް ކިޔަވައިގެން ތިބި މީހުން ކަމަށްވާތީވެ އެމެންނަށް ނޭގޭނެއޭ މިފަދަ ކަންކަން ދުރަށް ވިސްނަން މަމެން ގަބޫލެއް ނުކުރާނަމޭ ލޯޔަރުންނަކީ އެއީ ދުރުވިސްނޭ ބައެއް ކަމަށް ކޮޒް އެމެންގެ އެޑިއުކޭޝަނަލް ސްޓަޑީ އަކީ އެމެންނަށް ފެންނަ ހެކިތަކެއްގެ މައްޗަށް އެމެން ކުރާ ކަންކަމޭ އެއަށް ސައެންޓިފިކަލީ ކިޔަނީ ސްޕޫން ފީޑްކުރުމޭ ތިޔާ ތުޅާދޫ ހިސާން އަކީ ސައެންސް ސަބްޖެކްޓް ކިޔަވަން ވެއްޖެނަމަ ދެފައި ދަނޑިއަށް ކޮއްޅަށް ހުއްޓާ ރެވޭނެ މީހެއް ކަން މަމެންނަށް ޔަގީން ކަން އެބައޮތޭ ބަލްކްކޮށް އިންތިޚާބު ތަކާއި ރިފަރެންޑަމް ސީޒަން އިލެކްޝަންސް ސީޒަން އެއްގޮތަށް ބާއްވާށޭ އެއީ އިލެކްޝަން އަލަބްމް ނުވަތަ ކެޓެލޮގްސް ކަމަށް ހެދޭނެއޭ އައި ހޭވް ބީން ރީޑިންގް ޑޭޓާބޭސެސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް