އަދާލަތު ޕާޓީގެ 4 ވަނަ ދައުރުގެ ރައީސަށް އިންތިހާބުކުރި މުހައްމަދު ސިފާން.

އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ސިފާން ހޮވިއްޖެ

އޭނާ އެ މަގާމަށް އިންތިހާބުވީ ވޯޓުލީ މީހުންގެ %99 ތާއީދާ އެކު
31 ޖެނުއަރީ 2026

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް، މިހާރު އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިފާން އިންތިހާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަދާލަތު ޕާޓީގެ 4 ވަނަ ދައުރުގެ ރައީސް ހޮވަން އިންތިހާބު ބޭއްވީ މިއަދު އެވެ.

ތަފްސީލު - އެ އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވީ:

  • މުހައްމަދު ސިފާން

  • އިކުރާމް އަބްދުއްސައްތާރު

ސިފާން އިންތިހާބު ކާމިޔާބުކުރެއްވީ، ވޯޓުލީ މީހުންގެ %99 ވޯޓު ހޯއްދަވައިގެންނެވެ.

ސިފާންގެ ރަނިންމޭޓުގެ ގޮތުގައި ބައިވެރިވެ، ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ އަބްދުﷲ ރަޝީދު އެވެ.

އަދާލަތުން ބުނީ އެ އިންތިހާބުގައި ވޯޓުލީ، ވޯޓުލެވޭ މީހުންގެ ތެރެއިން %22 މީހުން ކަމަށެވެ.

ވޯޓުލުން ކުރިއަށްގެންދިޔައީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ޕޯޓަލް، ފަހިވޯޓު މެދުވެރިކޮށެވެ.

ވޯޓުލެވޭ މީހުންގެ ލިސްޓު ވެސް އާންމުކުރީ އެ ޕޯޓަލްގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 8،340 މީހުންނެވެ. އަދި އޭގެ ތެރެއިން ވޯޓުލީ 1،835 މީހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް