ގިރާވަރުފަޅު ހިއްކަން ފެށުމުން ރައީސް މުހައްމަދު މުއިއްޒު މިއަދު ހެނދުނު އާންމުކުރެއްވި ފޮޓޯ.

ގިރާވަރު ފަޅު

މެދުކެނޑުމަކަށް ފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

އެ ފަޅުން ޖުމުލަ 1 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވޭ؛ މެދުކެނޑުމުގެ ކުރިން ހިއްކާފައިވަނީ 56 ހެކްޓަރުގެ ބިން
30 ޖެނުއަރީ 2026

މެދުކެނޑުމަކަށް ފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު އަލުން ފަށައިފި އެވެ.

ވީކިހިނެއް؟ - ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފެށިކަން ހާމަކުރެއްވީ ރައީސް މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ތަފްސީލް - ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެންސްފައިވާ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ އޮރަންޖީއާ އެވެ. މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ އޮތް ބޮޑު ޑްރެޖަރެކެވެ.

އެ ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މެދުކެނޑުމުގެ ކުރިން ހިއްކާފައިވަނީ 56 ހެކްޓަރުގެ ބިމެވެ. ބާކީ 113 ހެކްޓަރު ހިއްކަން އެބަ އޮތެވެ.

އެނގުން މުހިންމު - ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ވެސް ބަދަލުކޮށް، އަލުން ގުރު ނެގުން މާދަމާ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން:

  • ކުރިން އާންމުކޮށްފައިވާ ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނުގައި އެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 610 ގޯތި މަދުވޭ

  • އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4،072 ގޯއްޗާ އެކު އާ ލޭންޑް ޔޫސް ޕްލޭން މިހާރު އެކުލަވާލައި އާންމުކޮށްފައި

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:

  • 1،250 އަކަފޫޓުގެ 2603 ގޯތި

  • 1،650 އަކަފޫޓުގެ 1214 ގޯތި

  • 2،050 އަކަފޫޓުގެ 254 ގޯތި

  • 2،450 އަކަފޫޓުގެ 1 ގޯތި

އިތުރު އާޓިކަލް

އިތުރު އާޓިކަލް