މިނިވަން މުވައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/މަޖިލިސް)

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާ ބިލަށް ސިޔާސީ ޕާޓީތަކާއި އީސީ އަދި އޭޖީ އޮފީހުގެ ލަފާ ހޯދަނީ

ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުވާ ގޮތަށް

މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ކުރުކޮށް، ދެން ބާއްވާ މަޖިލިސް އިންތިހާބުތަކާއި ރިޔާސީ އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް، ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ބަންޑާރަނައިބުގެ އޮފީހުގެ ލަފާ ހޯދަން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުވާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. 

ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން މި މަހުގެ 5ގައި ބޭއްވި ކުއްލި ޖަލްސާއެއްގައި ގާނޫނުއަސާސީއަށް އެ އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް އެވެ. އަދި ހަމަ އެ ދުވަހު، ބިލުގެ ބަހުސް ނިންމައި މި ބިލު ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ތަފްސީލް - މި ކޮމިޓީން މިއަދު ބައްދަލުވުމެއް ބޭއްވީ، މި ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށެވެ. 

ބައްދަލުވުން ފެށުމަށް ފަހު، މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ މެދު ހިޔާލު ހުށަހަޅަން ހުޅުވާލުމުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބުގެ އޮފީހާ އެކު މަޝްވަރާކުރުމަށް ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށެވެ.

އެގޮތުން، އެ ބައްދަލުވުންތައް އަންނަ މަހުގެ 2ގައި ބާއްވަން ހުށަހެޅުއްވި އެވެ.

މި ހުށަހެޅުމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ތާއީދުކުރެއްވި އެވެ.

އެނގުން މުހިންމު - ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެކަން ފާހަގަކޮށް، މަޖިލީހަށް ހުށަހަޅާފައިވާ މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އެގޮތުން:

  • މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި

  • ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް 

  • ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށް ކަމަށް؛ އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް