ދިވެހި ފުޓްސަލް ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ރާއްޖެ އައުމުން މަރުހަބާ ކިޔުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކުލަގަދަ ހަވައާ އެކު، ސާފް ތަށި އުފުލާލި ދިވެހި ފުޓްސަލް ޓީމަށް ހޫނު މަރުހަބާއެއް

ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރީ ލީގު އުސޫލުން ކުޅުނު 6 މެޗުން ވެސް މޮޅުވެގެން
27 ޖެނުއަރީ 2026

ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކުރުމާ އެކު، މިރޭ އާޓިފިޝަލް ބީޗުން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ތަފްސީލް - މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓީމު އައުމުން އެ ތަނުން ވެސް ހޫނު މަރުހަބާއެއް ކި އެވެ. އެއާޕޯޓުން އާޓިފިޝަލް ބީޗަށް ޓީމު ދަތުރުކޮށްފައި ދިޔައީ ޕިކަޕެއްގަ އެވެ. 

ދިވެހި ފުޓްސަލް ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ރާއްޖެ އައުމުން މަރުހަބާ ކިޔުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާޓިފިޝަލް ބީޗުގައި ހަދާފައިވާ ސްޓޭޖް މަތީގައި ސަޕޯޓަރުންނާ އެކު ޓީމުގެ ކުޅުންތެރިން ތަށި ހިފައިގެން ފޮޓޯ ނެގުމުގެ ހަރަކާތްތަކެއް ފުރަތަމަ ގެންދިޔަ އެވެ. 

ދިވެހި ފުޓްސަލް ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ރާއްޖެ އައުމުން މަރުހަބާ ކިޔުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ދިވެހި ފުޓްސަލް ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ރާއްޖެ އައުމުން މަރުހަބާ ކިޔުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އުފާ ފާޅުކުރުމުގެ ތެރެއިން އެފްއޭއެމްގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ވަނީ ސާފްގެ ތަށި އަރުވައިފަ އެވެ. 

ދިވެހި ފުޓްސަލް ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ރާއްޖެ އައުމުން މަރުހަބާ ކިޔުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރީ ލީގު އުސޫލުން ކުޅުނު ހަ މެޗުން ވެސް މޮޅުވެ ޖުމްލަ 18 ޕޮއިންޓް ހޯދައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް