17 އޮގަސްޓް 2024 - ހުޅުމާލެ އާއި ހުޅުލެ އަދި މާލެއާ ދެމެދު ދަތުރުކުރާ މީހުން ވެހިކަލްތަކުގައި ސިނަމާލެ ބްރިޖުން ދުއްވާފައިދަނީ (ދައުރު ފޮޓޯ)
ސިނަމާލެ ބްރިޖު މަރާމާތުގެ މަސައްކަތެއް މިރޭ ފަށަނީ؛ ސަމާލުވާން އެދިއްޖެ
ސިނަމާލެ ބްރިޖުގެ މަރާމާތު މަސައްކަތެއް މިރޭ ފަށާތީ ހައިވޭން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ތަފްސީލް - ފުލުހުން މިއަދު ނެރުނު ސަމާލުގައިވާ ގޮތުން، މިރޭ ފަށަނީ، ސިނަމާލެ ބްރިޖު ހައިވޭގެ ޓްރެފިކް ލައިންތައް އާކުރުމުގެ މަސައްކަތެވެ. މިރެއިން ފެށިގެން މަސައްކަތް ނިމެންދެން، ކޮންމެ ރެއަކު 12 އިން ހެނދުނު 6 އަށް މި މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
މިއީ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޗްޑީސީން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.
"ވީމާ، މި މަސައްކަތް ކުރިއަށް ދާއިރު، ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ،" ފުލުހުން ނެރުނު ސަމާލުގައިވެ އެވެ.