މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން (ފޮޓޯ/ ޕޮލިސް)

ވޯކް ޕާމިޓް ހަދައިދޭ ކަމަށް ބުނެ މަނީލޯންޑަކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަ ފިރިހެނެއް؛ އެ މީހުން ހައްޔަރުކުރީ މިދިޔަ މަހު ފަހުކޮޅު
25 ޖެނުއަރީ 2026

ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުގައި ހަ ބިދޭސީއަކު މިދިޔަ މަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - މި މައްސަލާގައި ހަ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު ތިން ދުވަހެއް މަތިންނެވެ. އެވެ. 

ތަފްސީލް - ފުލުހުން ބުނި ގޮތުގައި، މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަ ފިރިހެނެކެވެ. އެއީ:

  •  މުޙައްމަދު އިމޮން ކަޒި، 30؛ ހައްޔަރުކުރީ މިދިޔަ މަހު 22 ގައި

  • އަފްޖަލް ހޮސައިން، 31؛ ހައްޔަރުކުރީ މިދިޔަ މަހު 23ގައި

  • ހަބީބުއްރަހްމާން، 35؛ ހައްޔަރުކުރީ މިދިޔަ މަހު 23ގައި

  • މުހައްމަދު ހަނީފް ބަޕަރީ، 46؛ ހައްޔަރުކުރީ މިދިޔަ މަހު 30ގައި

  • ކަޒި ރައިހާން، 22؛ ހައްޔަރުކުރީ މިދިޔަ މަހު 22ގައި

  • މުޙައްމަދު ޔޫސުފް ޕްރޮދަން، 30؛ ހައްޔަރުކުރީ މިދިޔަ މަހު 22ގައި

ފުލުހުން އިތުރަށް ބުނި ގޮތުގައި:

  • މުޙައްމަދު އިމޮން ކަޒީގެ ބަންދާ މެދު ގޮތެއް ނިންމަން އެންމެ ފަހުން ކޯޓަށް ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހު؛ ބަންދަށް 10 ދުވަސް ޖެހި

  • އަފްޖަލް ހޮސައިން އަދި ހަބީބުއްރަހްމާން ބަންދާ މެދު ގޮތެއް ނިންމަން އެންމެ ފަހުން ކޯޓަށް ހާޒިރުކުރީ މިދިޔަ ހުކުރު ދުވަހު؛ ބަންދަށް 15 ދުވަސް ޖެހި

  • މުހައްމަދު ހަނީފް ބަޕަރީ ބަންދާ މެދު ގޮތެއް ނިންމަން އެންމެ ފަހުން ކޯޓަށް ހާޒިރުކުރީ މި މަހު 15ގައި؛ ބަންދަށް 15 ދުވަސް ޖެހި

  • ކަޒި ރައިހާން އާއި މުހައްމަދު ޔޫސުފް ޕްރޮދަން ބަންދާ މެދު ގޮތެއް ނިންމަން އެންމެ ފަހުން ކޯޓަށް ހާޒިރުކުރީ މި މަހު 12ގައި؛ ބަންދަށް 15 ދުވަސް ޖެހި

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް