ރައީސް މުއިއްޒު އާއި މޫސާ އަލީ ޖަލީލު ހަވީރު ސައިގެ ކެމްޕެއިން ހަރަކާތްތަކުގައި - (ފޮޓޯ/ ޕީއެންސީ)

މޫސާ އަލީ ޖަލީލަކީ އަޅުގަނޑުގެ ޗޮއިސް، އަޅުގަނޑު އެދުނީ ނުުކުންނަން: ރައީސް

ިއިއްޔެ ހަވީރު ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޖަލީލު ނުކުންނެވީ ރައީސް އޭނާއާ ބައްދަލުކުރައްވައި އެ ކަމަށް އެދިވަޑައިގަތުމުން ކަމަށް

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ނުކުންނެވީ ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެން ކަމަށް ރައީސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލުމުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ މޫސާ އަލީ ޖަލީލު އެކަންޏެވެ. ޖަލީލު އެކަނި ކުރިމަތިލީ، ރައީސް މުއިއްޒު އެ ގޮތަށް އަންގަވައިގެން ކަމަށް އޭރު ވެސް އަޑު ފެތުރުނެވެ.

ބުނީ ކީކޭ؟ - އިއްޔެ ހަވީރު ޕީއެންސީގެ އޮފީހުގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ރައީސް ވިދާޅުވީ މޫސާ އަލީ ޖަލީލަކީ އަބަދުވެސް ރައީސްގެ ތާއީދާއި އިހުތިރާމު އޮތް ބޭފުޅެއް ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ޖަލީލު ކުރިމަތިލެއްވީ ވެސް ރައީސް އެދިވަޑައިގަތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"މޫސާ އަލީ ޖަލީލަކީ އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އިހުތިރާމު އޮތް ބޭފުޅެއް. އެމަނިކުފާނަކީ އަޅުގަނޑުގެ ޗޮއިސް. އަޅުގަނޑު ބައްދަލުކުރިން، ބައްދަލުކޮށްފައި މާލެ ސިޓީ ކައުންސިލްގެ މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމަށް އަޅުގަނޑު އެދުނިން،" ރައީސް ތަފްސީލްކޮށްދެއްވި އެވެ.

މި ވަގުތު ސަރުކާރުން މާލޭގައި ކުރިއަށް ގެންދާ އަދި ފަށަން ތައްޔާރުވެފައިވާ ކަންކަމުގެ އިތުރަށް މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން މާލޭގެ މޭޔަރުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ރަައީސް ވިދާޅުވި އެވެ.

"އެ ކަން އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު ގެންދާނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅެއް [މޫސާ އަލީ ޖަލީލަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ފަސްބައިގަ އެއްވެސް ކަހަލަ ހަޑިކަމެއް ނެތް، ހީވާގި ގައުމީ ޖޯޝު ހުރި ގައުމީވަންތަ ގައުމު ފަހުރުވެރިވާ ފަދަ ބޭފުޅެއް. އެހެންވެ އަޅުގަނޑު އެދުނީ ކުރިމަތިލެއްވުމަށް، އެކަން ގަބޫލު ކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް އިތުރަށް ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ -  މޫސާ އަލީ ޖަލީލަކީ ރައީސްގެ ޗޮއިސްކަމަށް މި ވިދާޅުވީ، އެއީ މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އިންތިހާބުކުރަން ވެގެން ނެރުނު 'ކަންބަޅިއެއް' ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓް (3)

ރޯޅި

25 ޖެނުއަރީ 2026
ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ގައުމީ މިފަދަ ބަތަލުން ނެރެގެން އެމީހުންގެ އަގުވައްޓަންލާން ހެޔޮވާނީ ކިހިނެތް ހެއްޔެވެ. ގައުމިއްޔަތު ކުރިޔަށް ނެރެގެން ދިވެހިންގެ ބޮލުގަ މީހާރު ވާވަރަށް ތެތް ގޯނި އެޅުވިއްޖެއެވެ.
3 0

ކޮސް

25 ޖެނުއަރީ 2026
މޫސާ ޖަލީލަށްވެސް ލަނޑެއް މިދިނީ... ރައްޔިތުންނަށް ވަރަށްސާފު ، މާލޭ މޭޔަރަކަށް ހުރި ފަރާތުގެ ސަބަބަކުންނޫންކަން ކަންކަން ނުހިނގަނީ... އަދި ރަށްރަށުގެ ކަންތައްވެސް ނުހިނގާ ސަބަބު އެމީހުންނަށްވެސް އެނގޭ. ޢާޒިމަކީ ކަންތައް ކުރާހިތްވާ ފަރާތެއް. މިހާހިސާބަށްވެސް މުއިއްޒު އެމަޤާމުގަ ކުރި ރަނގަޅު ކަންތައްތަކަށްވުރެ އެތައްގުނައެއް އާޒިމު ކޮށްފި. އެއީ ވިޝަނަރީ ލީޑަރެއް. މުއިއްޒު މިހާތަނަށްކުރި ބޮޑެތި ހުރިހާކަމެއް ހުރީ ގޯސްކޮށް...
1 0

އަލިކޮއެ

25 ޖެނުއަރީ 2026
ވަރުގަދަ ސޯލްޖަރެއްގެ އެއްމެ މުހިއްމު ސިފަޔަކީ ސާބިތުވެ ހުރުން. ނުވިކުން، ޖަލީލު ގަނެލައިފި މުއިއްޒު. ސޯ ނަތިން މޯ ޓު ސޭ. ސެލިއުޓް ފޯ ވަޓް ޔޫ ޑިޑް އިން 88. އެކަމަކު ވޯޓެއް ނުދޭނަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް