މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލައްވަން ވަޑައިގަންނަވަނީ

މިނިވަން ކެންޑިޑޭޓުން 50 މީހުންގެ ސޮއި ހޯދަންޖެހޭތީ ޔާމީންގެ ކަންބޮޑުވުން: 'އެއީ ގާނޫނުގައި ނެތް ކަމެއް'

ޔާމީން ވިދާޅުވީ އީސީއަކީ ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބު ބާއްވައި ވޯޓު ގުނަން ތިބޭ ބައެއް ކަމަށާއި އިންތިހާބަށް ކުރިމަތިލާންވީ ގޮތުގެ ޝަރުތުތަކެއް އީސީއަކަށް ކަނޑައެއް ނޭޅޭނެ ކަމަށް

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ނަމަ 50 މީހުންގެ ސޮއި ހޯދަންޖެހޭ ގޮތަށް ބަދަލުކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ހަސަން ޒަކަރިއްޔާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވިދާޅުވި ގޮތުގައި، އިއްޔެގެ ނިޔަލަށް 100އެއްހާ ކެންޑިޑޭޓުންގެ ފޯމު ލިބުނުއިރު، ލިޔެކިއުންތައް ހަމަނުވެގެން ބާތިލުކުރަންޖެހޭ ފޯމުތައް ވެސް އެބަހުއްޓެވެ.

އޭގެ ތެރޭގައި، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާއިރު 50 މީހުންގެ ތާއީދު އޮތްކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށާއި އެ މީހުންގެ ތާައީދު ހޯދުމަށް އީޕޯޓަލް ތެރެއިން އެކަން ކުރެވޭނެ އިންތިޒާމު ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މިފަހަރު ކައުންސިލް އިންތިހާބާ ދިމާކޮށް، ވަކި ޕާޓީއަކާ ނުގުޅި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އީސީން ވަނީ ބޮޑު ތަކުލީފެއް ޖައްސާފައި ކަމަށެވެ.

"ގާނޫނުގައި ނެތް ކަމެއް އެ އޮތީ ކުރިމަތިކުރުވާފައި. 50 މީހުންގެ ސޮއި ހޯދަންޖެހޭ މިއީ ގާނޫނުގައި އޮތް ޝަރުތެއް ނޫން، އެހެން ނޫންތޯ. އަދި އެވެސް އީފާސް މެދުވެރިކޮށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ:

  • އީސީއަކީ ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބު ބާއްވައި ވޯޓު ގުނަން ތިބޭ ބައެއް

  • އިންތިހާބަށް ކުރިމަތިލާންވީ ގޮތުގެ ޝަރުތުތަކެއް އީސީއަކަށް ކަނޑައެއް ނޭޅޭނެ 

  • މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ޕާޓީއަކާ ނުގުޅި ކުރިމަތިލާ ކެންޑިޑޭޓުން، އިންތިހާބުތަކުގައި ވާދަކުރަން 50 މީހުންގެ ސޮއި ހޯދާކަށް ނުޖެހޭނެ

"މިހަދާ ގޮތަކީ ޕާޓީއަކުން ނުކުންނަ މީހުން ފިޔަވައި ހަމަ އެންމެންނަަށް ޖެއްސުނު އުނދަގުލެއް [ޖައްސަނީ]،" ޔާމީން ވިދާޅުވި އެވެ.

އެނގުން މުހިންމު - ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އޮންލައިންކޮށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 3:30ގަ އެވެ.

މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ. މި އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް (5)

އިފާ

20 ޖެނުއަރީ 2026
50 މީހުންގެ ސޮއި ހަމަނުވަންޏާ ކުރިމަތި ނުލާބަލަ
2 0

ޝަރީފް

20 ޖެނުއަރީ 2026
@އިފާ ރަނގަޅު ވާހަކައެއް. އަދި ރައީސް ޔާމީނަށް 2010 ން ފެށިގެން ހިނގާ ގާނޫނެއްގައި ސާފުކޮށް އޮންނަ އެއްޗެއް ނޭނގުން ކިހާ ދެރަ
0 0

ކޮސް

19 ޖެނުއަރީ 2026
މުއިއްޒާއި ޓުރަންޕާއި ޕޫޓިން އަކީ އެއްވައްތަރެއްެގެ ވިސްނުން ހުރި ބައެއް. އިދިކޮޅު މީހުންނަށް ލޮޓިއެއް ދޭން މިވެރިން ބޭނުންވާނެ.
1 1

މުހައްމަދު

19 ޖެނުއަރީ 2026
ވަރަށް އިހުތިރާމާއެކު ރައީސަށް ދަންނަވަން. އެއީ ފެށުނީއްސުރެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތް. މަނިކުފާނުގެ މައުލޫމާތު ރަނގަޅެއް ނޫން. ޢެފަދަ ވާހަކަފުޅު ދައްކަވާއިރު މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރެއްވުން އެދެން.
2 1

ރައީސް

19 ޖެނުއަރީ 2026
ޔާމީނަކަށް އިލެކްސަންސް ކޮމިސަން ހިންގާނެގޮތް ބުނާކަންނުޖެހޭ ޑޮލަރ
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް