18 ޖެނުއަރީ 2025: ‏ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ޙަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޕީއެންސީ

ރިޓަޔާކޮށްފައި ގޭގައި؟ ނޫން، އަދިވެސް ހިތްވަރާއި ތަޖުރިބާ އެބަހުރި: މޫސާ އަލީ ޖަލީލު

އޭނާ ވިދާޅުވީ މޭޔަރުގެ ގޮތުގައި ހޮވައިފި ނަމަ އޭނާ ހުންނާނީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި، މާލެއަށް ހިތްގައިމު، އާ ޒަމާނެއް ހޯދައިދެއްވުމުގައި ކަމަށް

ހިދުމަތުން ރިޓަޔާ ކުރެއްވިޔަސް ކަންކަން ކުރާނެ ހިތްވަރާއި ތަޖުރިބާ އެބަހުރި ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މާލޭ މޭޔަރު ކެންޑިޑޭޓު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޫސާ އަލީ ޖަލީލު އެހެން ވިދާޅުވީ އޭނާގެ ކެމްޕޭން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދޮންމަނިކު ސްކައި ވިއުގެ ތިރީގައި ހުންނަ އެ ޖަގަހަ ހުޅުވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

ބުނީ ކީކޭ؟ - އެ ޖަލްސާގައި މޫސާ އަލީ ޖަލީލު ވިދާޅުވީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަމާއި އެދޭ ބަދަލުތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ހުންނެވިއިރު އިހުސާސް ކުރެވުނު ތަފާތު ޝުއޫރުތައް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ.

"ގައުމީ ހިދުމަތުގައި ރެއާ ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރި، ވަރަށް ހިތްވަރާ އެކު އެތައް ގުރުބާނީއެއްވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތާހިތާ ކުރެވުނު އެއް ސުވާލަކީ ރައްޔިތުންނަށް ހިދުމަތްކުރަމުންދާ ރިޓަޔާވެފައި ހުރި މީހަކު މިހާރު ވީ ގެއަށް ވަދެ ފިލަންހޭ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހަށިގަނޑުގައި އަދިވެސް ހިތްވަރާއި ފަންވަރު އެބަހުރި. އަދި ހިދުމަތުގެ ތަޖުރިބާ ހުރި، އަޅުގަނޑު ކަހަލަ ހީވާގި ލީޑަރެއްގެ ފަހަތުގައި މަސައްކަތްކޮށްލަން އަތުކުރި އޮޅާލަންވީ ވަގުތު މި އައީ ރައީސް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރަން އަޅުގަނޑުމެން ނުކުމެެގެން."

18 ޖެނުއަރީ 2025: ‏ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - މޫސާ އަލީ ޖަލީލު ވިދާޅުވީ މިހާތަނަށް ހަވާލުވި ކޮންމެ މަސްއޫލިއްޔަތެއްގައި ވެސް އޭނާ އިސްކުރައްވާފައިވާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ މަގު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލޭ ސިޓީގެ މޭޔަރަކަށް ވެސް އަޅުގަނޑު މި ނުކުންނަނީ މި ރޫހުގައި، މި އަޒުމުގައި،" އޭނާ ވިދާޅުވި އެވެ.

"ތިޔަ ލޮބުވެތި ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތައްޔާރަށް. ގައުމީ ހިދުމަތް، ރޭދުވާ ހޭދަކޮށްގެން ދޭނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމާއި މާލޭ ސިޓީއަށް މާ ޗާލު، މާ އުފާވެރި، މާ ހިތްގައިމު، އާ ޒަމާނެއް ހޯދައިދިނުމަށް."

އެނގުން މުހިންމު - ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިލެކްޝަންސްއިން ވަނީ ހުޅުވާލާފަ އެވެ. އަދި އިންތިހާބުގެ ވޯޓުލުން އޮންނާނީ އޭޕްރީލް 4 ގައެވެ.

ކޮމެންޓް (4)

ކޮސް

19 ޖެނުއަރީ 2026
ޖަލީލަކީ ޤައުމީ ބަތަލެއް. އެކަމަކު މުއިއްޒުގެ ހިޔަނީގައި ތިކުރައްވާ ކަންކަމަކީ އެެއްވެސް ފައިދާއެއްނެތް ކަންކަން. މަނިކުފާނަކަށް ތާއީދެއް ނުކުރާނެ އެސަބަބަށްޓަކައި.
5 0

ހިމާރުލްގައުމު

19 ޖެނުއަރީ 2026
ކޮންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ މޮޅު ކޯޗަކަށް ނުވާ ފަދައިން ތިޔައީ މޮޅު ސޯލްޖަރެއް. އެކަމަކު........... މުއިއްޒުގެ އަވައިގަ ޖެހިގެން ލެގެސީ ދުއްވާލަނީ ތިޔަ.
5 0

ޔޫވުޑްނޯ

18 ޖެނުއަރީ 2026
މުއިއްޒުގެ ވެރިކަމުގައި މާލެއަށް ކޮށްދިނީ ކޮންކަމެއްތޭ ލޮނުޒިޔާރަތް ކޮޅުން ފެށިގެން މާލޭ އިރުން އޮތް ތިލަފަޅު އެއްކޮށް ހިއްކާލާ މާލެ އިރުމަތީ ފަރާތު ހިއްކަމުން ގޮސް ހުޅުލެ އާއި މާލެ އާއި ދެމެދު 100 މީޓަރު ހުންނަ ވަރަށް އެކަން ކުރިނަމަ މުއިއްޒު އަށް ކަމެއް ކުރެވުނީ ކަމަށޭ މަމެން ދެކެނީ މިކަމެއް ނުވިއޭ މުއިއްޒު އަށް ބަތްކައްކާ ކުޅުނަސް މާލެއަށް ކަމަކު ނުދާނެއޭ ހޮޕިންގް ޔޫ ވުޑް ނޯ ދިސް ހޮޕިންގް ޔޫ ވުޑް ނޯ ޔޫ ވުޑް ނޯ ޔޫ ވުޑް ނޯ އޯއް އޯއް އޯއް...
3 0

އައިނީޑް

18 ޖެނުއަރީ 2026
ދަ ޑިމޮކްރެޓްސް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުން ހުރިހާ ގެއްލުމެއް ވާނީ އެމްޑީޕީ އަށޭ މީގެ ބޮޑުފައިދާ އެއް ކުރާނީ ޕީއެންސީން މާލެ ސަރަހައްދަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ކަން އެއީ މަމެންނަށް ފެންނަ ފެނުމޭ ދަ ޑިމޮކްރެޓުންނަކީ އެއީ މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގެ އީކްއޭޝަން ގައި ބޭނުންކުރެވޭނެ ސަބްސްޓިޓިއުޓް ވެލިއު އެއް ނުވަތަ ސަބްސްޓިޓިއުޓް ވޭރިއެބްލް އަށްވާނެކަން އެއީ ފެންނަމުންދާ ހަގީގަތޭ އައި ނީޑް އަ ސަބްސްޓިޓިއުޓް ލައިކް ޔޫ އައި ނީޑް އަ ސަބްސްޓިއުޓް ލައިކް ޔޫ އައި ނީޑް އަ ސަބްސްޓިއުޓް ލައިކް ޔޫ އައި ނީޑް އަ ސަބްސްޓިއުޓް ލައިކް ޔޫ ޔޭއް ޔޭއް ޔޭއް ޔޭއް ޑާންސް ޑާާންސް ޑާންސް ޑާންސް....
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް