މިނިސްޓަރު މުއްތަލިބު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލިސް)

އައްޑޫ

އައްޑޫގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެންތޯ ސާފުކުރަން މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

މިނިސްޓަރު މުއްތަލިބާ ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ސުވާލުގައި އައްޑޫގެ މަޝްރޫއުތައް ފަށައިގަންނާނީ ކައުންސިލް އަދި މަޖިލިސް މެންބަރުން ކޮން ކަމެއް ކޮށްދެއްވީމަތޯ ސާފުކުރަން ވެސް ވަނީ ހުށަހަޅާފައި

އައްޑޫއަށް ވެފައިވާ ވައުދުތަކާއި އެޔާގުޅިގެން ފަށަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެެއް ކުރިއަށް ނުދަނީ ކައުންސިލާއި މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ ސާފުކުރަން ކޮންސްޓްެރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުއްރަހްމާން އެވެ. އޭނާ ހުށަހަޅާފައިވާ ސުވާލުގައި ވަނީ:

  • އައްޑޫ މީދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާއި ރައީސް މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން ފައްޓަވާފައިވާ މަޝްރޫއުތަކުގެ އިތުރުން މުޅި އައްޑުއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގަނީ އައްޑޫ ކައުންސިލް ނުވަތަ އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އެއްބާރުލުން ލިބިނުލައްވައިގެންތޯ؟ 

  • މިކަންކަން ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލިސް މެންބަރުން ކޮން ކަމެއް ކޮށްދެއްވީމަތޯ؟

މި ސުވާލުތަކުގެ ޖަވާބު ހޯދަން މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ، އިއްޔެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ސުވާލުތައް ކޮށްދިނުމަށް ރައްޔިތުން އެދިފައިވާތީ ކަމަށް އަބްދުލްރަހުމާން ވިދާޅުވި އެވެ. 

ގުޅުންހުރި - ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން އެއްބާރުލުންނުދީގެން ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިގޮތަށް ރައީސް ވިދާޅުވާތީ، މީގެ ކުރިން ވެސް އަބްދުލްރަހުމާން ވަނީ، އޭނާ ނިސްބަތްވާ މީދޫ ދާއިރާގައި ވެސް އެއްވެސް މަޝްރޫއުއެއް ނުހިނގަނީ ހަމަ ކައުންސިލާއި މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ ސުވާލުއުފައްދާފަ އެވެ.

އެގޮތުން އޭނާ ވިދާޅުވިގޮތުގައި:

  • އިންޖީނުގެ އާއި މިފްކޯބަނދަރުގެ މަސައްކަތްތަކެއް ނުހިނގާ

  • މަޖިލިސް އިންތިހާބާއި ދިމާކޮށް ހިއްކަން ފެށި މީދޫ އާއި މެދު ބަނދަރާ ވީފަޅީގެ މަސައްކަތްތަކެއް ވެސް ނުހިނގާ

  • މިފަހުން އައްޑޫއަށް ޑައިގެން ރައީސް މުއިއްޒު އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫއުތައް ވެސް ނުހިނގާ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް