މީގެ ކުރިން ބޭއްވި އެތުލެޓިކްސް މުބާރާތެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރައީސް އޮފީސް

ކުޅިވަރުގެ މައިދާނުގައި 'ޑޯޕިން' ހުއްޓުވަން މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި

މި އެޖެންސީގެ މަގްސަދަކީ ކުޅިވަރުގެ މައިދާނުގައި ޑޯޕިން ކޮންޓްރޯލްކޮށް، ކުޅިވަރުގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކޮށްދިނުން
16 ޖެނުއަރީ 2026

ރައީސް މުހައްމަދު މުއިއްޒު، މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - ކުޅިވަރު ގާނޫނުގެ 38 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މި އެޖެންސީ ހިންގާނީ ސްޕޯޓްސް މިނިސްޓްރީ ދަށުންނެވެ.

ތަފްސީލު - ރައީސް އޮފީހުން ބުނީ އިދާރީ ގޮތުން ސްޕޯޓްސް މިނިސްޓްރީއާ ގުޅިފައިވީ ނަމަވެސް، އެ އެޖެންސީ ހިންގާނީ ކުޅިވަރުގެ މައިދާނުގައި ޑޯޕިން ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަން ކަނޑައެޅޫ މުސްތަގިއްލު  ބޯޑެއްގެ ދަށުން ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ 19 މެއި 2025ގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ކުޅިވަރު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކޮށްދޭން އުފެއްދި އެޖެންސީ އެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް