ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނުހާމް މުހައްމަދު ޝިޔާން (25އ)، ގ. ވައިޓްރޯސް/މާލެ. (ފޮޓޯ/ޕޮލިސް)

ވޭޕް

ވޭޕްގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖާއި ވޭޕް އަދި ޕޮޑުގެ އިތުރުން ފައިސާ ވަނީ ފެނިފައި. އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައި
15 ޖެނުއަރީ 2026

ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހައްޔަރުކުރީ ނުހާމް މުހައްމަދު ޝިޔާން (25އ)، ގ. ވައިޓްރޯސް/މާލެ އެވެ.

ތަފްސީލު - ފުލުހުން ބުނީ މިއަދު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖާއި ވޭޕް އަދި ޕޮޑުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގުން މުހިންމު - ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން މަނާކުރީ 15 ޑިސެމްބަރު 2024 ގައެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް