ރިސޯޓު މުވައްޒަފުންތަކެއް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެރައިވަލް ސަރަހައްދުގައި (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި

އެ ކުންފުނީގެ ދަށުން ހިންގާ 11 ރިސޯޓުގައި ވެސް ޑޮލަރުން މުސާރަ ދޭން ކުންފުނީގެ ބޯޑުން ވަނީ ނިންމާފައި
13 ޖެނުއަރީ 2026

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ބްރޭންޑް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ ހުރިހާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ދުވަސްތަކުގައި އެ ކުންފުނީގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރަ ދެމުން އައީ ރުފިޔާއިންނެވެ. ނަމަވެސް އޭރުވެސް ސާވިސް ޗާޖް ދެމުން އައީ ޑޮލަރުންނެވެ.

ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މީގެ ދެ މަސް ކުރިން އެ ކުންފުނީގެ ބައެއް ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭން ވަނީ ފަށާފަ އެވެ. އަދި މި މަހުން ފެށިގެން އެ ކުންފުނިން ހިންގާ ހުރިހާ ރިސޯޓެއްގައި ޑޮލަރުން މުސާރަ ދޭން ކުންފުނީގެ ބޯޑުން މިހާރު ވަނީ ނިންމާފަ އެވެ.

ކްރައުން އެންޑް ޗަންޕާ ރިސޯޓްސް ކުންފުނީގެ ޖުމްލަ 11 ރިސޯޓެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް