އާސަންދަ އޮފީސް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާސަންދަ

ބޭސް ސިޓީ ފޯޖުކޮށްގެން 137،600 ރުފިޔާގެ ބޭސް އާސަންދައިން ނެގި މައްސަލައެއް

އޮޑިޓް ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ތުހުމަތުކުރެވޭ މީހާ އޭނާގެ ބައްޕަގެ ނަމުގައި ފޯޖުކޮށްފައިވާ ބޭސް ސިޓީތަކަށް ބޭސް ނަގައި ވިޔަފާރިކުރަމުން ދިޔަ މައްސަލަ ހުށަހެޅި ނަމަވެސް ފިޔަވަޅެއް ނާޅާ
6 ޖެނުއަރީ 2026

ބޭސް ސިޓީ ފޯޖުކޮށްގެން 137,600 ރުފިޔާގެ ބޭސް އެކި ފަހަރުމަތިން އާސަންދައިން ނަގާފައިވާކަން އޮޑިޓް ރިޕޯޓަކުން ތިލަވެއްޖެ އެވެ. 

ވީކިހިނެއް؟ - އޮޑިޓް އޮފީހުން ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް 2019 އިން ފެށިގެން 2024ގެ ނިޔަލަށް އޮޑިޓްކޮށް، އޭގެ ރިޕޯޓް މިއަދު ވަނީ ނެރެފަ އެވެ. 

އެ ރިޕޯޓުގައި ބުނާ ގޮތުން، އޮޅުވާލައިގެން ބޭސް ސިޓީއަށް ބޭސް ނަގާ މައްސަލަތައް އާސަންދައަށް ރިޕޯޓްކުރި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. 

ތަފްސީލް - އޭގެ މިސާލެއްގެ ގޮތުގައި އެއް މައްސަލަ އޮޑިޓް އޮފީހުން ވަނީ ބަލައިފަ އެވެ. އެގޮތުން:

  • މާލޭގައި ދިރިނޫޅޭ މީހެއް ނަމަވެސް މާލޭގެ ފާމަސީތަކުން، ފޯޖުކޮށްފައިވާ ބޭސް ސިޓީތަކަށް ބޭސް ނަގައި ވިޔަފާރިކުރަމުން ދިޔަ

  • ތުހުމަތުވާ މީހާ ބޭސް ނަގަމުން ދިޔައީ އޭނާގެ ބައްޕަގެ ނަން މަތީގައި

  • މި މައްސަލަ 20 ފެބްރުއަރީ 2023ގައި މާލޭގެ ހޮސްޕިޓަލަކުން ފުލުހަށް ރިޕޯޓްކޮށްފައިވޭ

  • ފެބްރުއަރީ 2023އިން ފެށިގެން އޭޕްރިލް 2024ގެ ނިޔަލަށް މާލޭގެ ފާމަސީތަކުން 112,586 ރުފިޔާގެ ބޭސް ނަގާފައިވޭ

  • އައްޑޫ ހޮސްޕިޓަލުން 25,080 ރުފިޔާގެ ބޭސް ނަގާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް