ސީއެޗްސީ ދަރިވަރުން، އެ ސްކޫލުން ބޭއްވި ހަރަކާތެއްގައި: މިހެން ބާއްވާ ހަރަކާތްތަކުގައި މިހާރު ވެސް ތިބެނީ ވަކިން - (ފައިލް ފޮޓޯ/ ޕީއެސްއެމް)
2 ޖިންސު މަސްހުނިނުކޮށް ސްކޫލްގައި ކިޔަވައިދޭން އިލްމުވެރިންގެ ގުޅުމުން އެދިއްޖެ
އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާނެހެން ކިޔަވައިދިނުމުގެ ނިޒާމު ބަދަލުކުރުމަށް އިލްމުވެރިންގެ ގުޅުމުން އެދިއްޖެ އެވެ.
ވީކިހިނެއް؟ - އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއަށް ސިޓީއެއް ފޮނުވި ކަމަށް، އެ ގުޅުމުގެ ވެބްސައިޓްގައި ލިޔެފައިވެ އެވެ.
ތަފްސީލް - އިލްމުވެރިންގެ ގުޅުމުން ބުނި ގޮތުގައި 2008ގެ ކުރިން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ ދެ ޖިންސުގެ ދަރިވަރުން ވަރަށް ބޮޑަށް ވަކިކުރެވިގެން ކަމަށެވެ.
އޭގެ ފަހުގައި ކްލާސްތަކުގައި ދެ ޖިންސުގެ ކުދިން ވަރަށް ބޮޑަށް މަސްހުނިވެގެން ތިބޭ ގޮތަށް ބަދަލުކުރީ، ރާއްޖޭގެ ސަގާފަތާ ވަރަށް ބީރައްޓެހި ގޮތަކަށް ކަމަށް އެ ގުޅުމުން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސްކޫލެއްގެ މަންޒަރުތަކެއް މި ފަހުން ސޯޝަލް މީޑިއާގައި އާންމުވި އިރު، އެ ވީޑިއޯތަކުން ފެނުނީ ދެ ޖިންސުގެ ކުދިންގެ ފަރާތުން ވަރަށް ބޭއަދަބީ މަންޒަރުތަކެއް ކަމަށް ބުންޏެވެ.
މި ކަންކަމުގެ ހައްލަކީ ދެ ޖިންސުގެ ކުދިން މަސްހުނި ނުވާ ގޮތަށް ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ބުންޏެވެ.
ފާހަގަކޮށްލެވޭ - އިލްމުވެރިންގެ ގުޅުމުން މިހެން ބުންޏަސް، 2008 ގެ ކުރިން ވެސް ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުން ކިޔަވަމުން ދިޔައީ ދެ ޖިންސުގެ ކުދިން އެއް ކްލާހެއްގައި ތިބެގެނެވެ.
ކޮމެންޓް (2)
ތެފައާސާ.
މަބުނީ