މެންބަރު އަޒާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ޖުވާ ކުޅުމުން 1 އަހަރާއި 4 އަހަރާ ދެމެދު ޖަލަށްލާ ގޮތަށް ބިލެއް

ޖުވާ ކުޅުން ޖިނާއީ ކުށެެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުއްއުގޫބާތަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފައި
4 ޖެނުއަރީ 2026

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. 

ވީކިހިނެއް؟ - ގާނޫނުއްއުގޫބާތަށް މި އިސްލާހު ގެންނަންް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ 10 ޑިސެމްބަރުގައި ވިދާޅުވި އެވެ. 

މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާއަށް މި ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ތަފްސީލް - ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވި ބިލުގައި އޮންނަނީ:

  • ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭ ތަނެއް ހިންގުން ޖިނާއީ ކުށެއް ކަމަށް

  • އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް

  • އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުން

  • އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށް ލުން 

އެނގުން މުހިންމު - ޖިނާއީ ކުށްތައް ބަޔާންކޮށްފައިވާ ގާނޫނުލްއުގޫބާތުގައި ޖުވާ ކުޅުމާއި އެފަދަ އެއްވެސް ކަމެއް އެ ގާނޫނުގައި މިހާރު ނުހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް