ފިލްމީ ތަރި އަދި ޑިރެކްޓަރު ނިމާލް 'އަވަސް'އަށް އިންޓަވިއު ދެނީ؛ ސްޓްރޯކް ޖެހިގެން އޭނާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައި --

ނިމާލް މިހާރު އައިޖީއެމްއެޗްގައި؛ ހާލު ވަރަށް ސީރިއަސް

ދިވެހި ފިލްމީ ފަންނާނު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހި ރޭ ފަރުވާ ދޭން ފެށީ އޭޑީކޭގައި؛ މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި
1 ޖެނުއަރީ 2026

ދިވެހި ފިލްމީ ފަންނާނު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހި އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް މިއަދުގެ ވަގުތެއްގައި ބަދަލުކޮށްފި އެވެ.

ވީކިހިނެއް؟ - ރޭ އޭނާއަށް ސްޓްރޯކެއް ޖެހިގެން ގެންދިޔައީ އޭޑީކޭގަ އެވެ. ހާލު ސީރިއަސްވެ، އެ ތަނުގައި ފަރުވާ ދިނީ އައިސީޔޫގަ އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި ނިމާލަށް ސްޓްރޯކް ޖެހުނީ ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. އޭރު އޭނާ ހުރީ، އޭޑީކޭ ވެސް ހުންނަ ސޯސަން މަގުގަ އެވެ. ރޭ ވަގުތުން އޭޑީކޭއަށް ގެންދިޔައީ އެހެންވެގެނެވެ. އޭރު މަގުމަތީ ހުރި މީހަކާއި ފުލުހެއްގެ އެހީއާ އެކީގަ އެވެ.

މިއަދުގެ ވަގުތެއްގައި އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ އާއިލާއިން ބޭނުންވެގެނެވެ. އައިޖީއެމްއެޗްގައި ވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.

ފާހަގަކޮށްލެވޭ - ނިމާލަކީ ތަޖުރިބާކާރު އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެކެވެ. ބައެއް ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގި އެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމުތަކަށް ވާހަކަ ވެސް ލިޔެދީފަ އެވެ. މިފަހުން ނިކުތް ގިނަ ފިލްމުތަކުގެ މުހިންމު ރޯލުތަކުން ވެސް އޭނާ ފެނުނެވެ.

ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984ގައި ފިލްމު 'ނުފޫޒު'ންނެވެ. އޭގެ ފަހުން އޭރު މަޝްހޫރުވި ގިނަ ލަވަތަކެއްގައި ވެސް އެކްޓްކުރި އެވެ. 

ނިމާލްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 'ޒަލްޒަލާ'، 'ހިތް އެދެނީ'، 'ސަބަބު'، 'ރާނީ'، 'ނިއުމާ' އަދި 'ކަނބުލޮ' ފާހަގަކުރެވެ އެވެ.

މީގެ އިތުރުން 1991ގައި ގައުމީ އެވޯޑު ވެސް ލިބުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް