ޔާމީން ރަޝީދު މަރާލިކަން ސާބިތުވި ދެ މީހުން (ފޮޓޯ/ ޕޮލިސް)

ޔާމީން މަރު: މައްސަލަ އަލުން ބަލައި ނިމެންދެން ޒީހާން އާއި ހައިޝަމް ބަންދުކުރަން އަމުރުކޮށްފި

ޒީހާން އާއި ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކުރީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމި ނިންމުން ހައި ކޯޓުން މިއަދު ބާތިލުކުރުމުން މިނިވަންވާނެތީ

ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ހުކުމް ބާތިލުކޮށް އަލުން ބަލަން އެންގި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް، ޔާމީން މަރާލުމުގެ ކުށް ސާބިތުވީ، ދެ މީހުންގެ މައްޗަށް އެކަންޏެވެ. ކުށް ސާބިތުވި މި ދެމީހުންގެ ފަރާތުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ ދެމީހުންނަކީ:

  • އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ 

  • އަހުމަދު ޒިހާން އިސްމާއިލް، ހުޅުމާލޭ ލޮޓް 11399

ތަފްސީލް - މި މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި އޮންނަތާ ތިން އަހަރު ދުވަސް ފަހުން މިއަދު ވަކިވަކިން ހައި ކޯޓުން އިއްވި ހުކުމްގައި ވަނީ، ކުށް ސާބިތުވާކަމަށް ހައިޝަމް އަދި ޒިހާންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް އަލުން ބަލަން އަންގާފަ އެވެ. 

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދެންމެ ބުނިގޮތުގައި، އެ ހުކުމް ބާތިލުކޮށް އަލުން ބަލަން އަންގާފައިވާތީ، އެ ދެމީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން، އަލުން ބަލަން އެންގި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެނގުން މުހިންމު - އެ މަރަށް ފަސް އަހަރެއްހާ ދުވަސް ފަހުން 2022ވަަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމުގައި ކުށް ސާބިތުނުވާ ކަމަށް ނިންމި ހަތަރު މީހުންގެ ތެރެއިން، ޕީޖީ އޮފީހުން، އިސްތިއުނާފް ކުރަން ނިންމީ ދެ މީހުންގެ މައްސަލަ އެކަންޏެވެ. އެ ދެމީހުންނަކީ:

  • މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ

  • އިސްމާއިލް ރަޝީދު މ. ތާއިފް

މި ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ވެސް މިއަދު ހައި ކޯޓުން ވަނީ ބާތިލުކޮށް، އަލުން ބަލަން އަންގާފަ އެވެ.

ކޮމެންޓް (1)

ދިރާސާ

1 ޖެނުއަރީ 2026
މިހެން ހުރި ނުރައްކާތެެރި ކުއްވެރިން މުޖުތަމައުއަށް ދޫވުމުގެ ފުރުސަތު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެއްވެސް ސިފައެއްގައި އޮންނަ ނަމަ މިގައުމުގައި ބޭނުން ވީމައި ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު ހަމަލަދީ މަރާލުމުގެ ސަގާފަތް ފެތުރެން ފަށާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް