ރޭޕުގެ ތުހުމަތު އޮތް އިޒާމް ޒާހިރު؛ އޭނާ ކޯޓަށް ހާޒިރުނުކުރެވި ދޮޅު އަހަރު ދުވަސްވެއްޖެ --
ދޮޅު އަހަރު ކޯޓަށް ފިލައިގެން އުޅުނު އިޒާމްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް
ރޭޕްގެ ތުހުމަތު އޮތް އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ، މިދިޔަ ދޮޅު އަހަރު ކޯޓަށް ހާޒިރުނުކުރެވިގެން ހުކުމް ނުކުރެވި އުޅުމަށް ފަހު، 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - ޖުލައި 2024އިން ފެށިގެން ފުލުހުންނަށް އޭނާ ނުހޯދިގެން އުޅެނިކޮށް ފުލުހުންނާ މިދިޔަ ހޮނިހިރު ދުވަހު އޭނާ އަމިއްލައަށް ހަވާލުވަނީ މި ކަން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
މިއަދު އޭނާ ކޯޓަށް ހާޒިރުކުރަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 10 ޖަހާއިރު ބޭއްވި އަޑުއެހުމުގައި ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާ 15 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރި އެވެ.
އޭނާ އުޅޭ ތަނެއް ނޭނގި، ކޯޓުގެ ޗިޓު ރައްދު ނުކުރެވިގެން އުޅުނެވެ. އަދި އޭނާ ހޯދުމަށް ފުލުހުންގެ މައްޗަށް އެކި ފަހަރު މަތިން ކޯޓުން އަމުރުކޮށްފައިވެ އެވެ. އެ ގޮތުން:
-
އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރި
-
އޭނާ ކޯޓަށް ހާޒިރުކުރަން ހޯދުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައި