ހއ.ހޯރަފުށި( ފޮޓޯ/ހޯރަފުށީ ކައުންސިލް)

ހޯރަފުށީގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ފަޅާލައި ދެ ކާގޯ ފޮށިގަނޑު ވަގަށް ނަގައިފި

ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފައިވަނީ ރޭ ދަންވަރު 4 ޖަހާ އެހާކަންހާއިރު

ހއ. ހޯރަފުށީފައި ހުންނަ މޯލްޑިވިއަންގެ އޮފީސް ފަޅާލައި ވައްކަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން 'ދައުރު' އަށް މިއަދު ބުނި ގޮތުގައި އެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހަޅާފައި ވަނީ ރޭ ދަންވަރު 4 ޖަހާ އެހާކަންހާއިރު އެވެ.

ތަފްސީލް - ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ބުންޏެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް