ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން، އަންހެނުން ބާރުވެރިކުރުމާ ގުޅޭ ކޮންފެރެންސެއްގައި --

މާލެ އަވަށު ބައްދަލުވުމެއްގައި ޝުޖޫނަށް މީހަކު ފުރައްސާރަކުރުމުން އެޗްއާރުސީއެމުން ކުށްވެރިކޮށްފި

ރައީސް މުއިއްޒު މި މަހު ބޭއްވި އަވަށު ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރުގެ ބައްދަލުވުމެއްގައި މީހަކު ހިޔާލުފާޅުކޮށް ޝުޖޫނަށް ފާޑުކީ އޭނާ ބުރުގާ ނާޅާތީ ކަމަށް ބުނެ
25 ޑިސެމްބަރު 2025
5

މާލޭގެ އަވަށު ބައްދަލުވުމެއްގައި މީހަކު ހިޔާފާޅުކުރަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދަށް ފުރައްސާރައަކަށްވާނެ ގޮތަށް ވާހަކަ ދެއްކުމުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެ ކަން މިއަދު ކުށްވެރިކޮށްފި އެވެ.

ވީކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މި މަހު ބޭއްވެވި އަވަށު ބައްދަލުވުންތަކުގެ ތެރެއިން މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ހެންވޭރު އަވަށުގެ ބައްދަލުވުމުގައި މީހަކު ހިޔާލުފާޅުކޮށް ޝުޖޫނަށް ފާޑުކީ އޭނާ ބުރުގާ ނާޅާތީ ކަމަށް ބުނެ އެވެ. އެ ގޮތުން އެ މީހާ ބުނީ:

  • ބުރުގާ ނޭޅުމަކީ އައުރަ ނިވާނުކުރުން

  • އެ ވަރުގެ މީހަކު ފަނޑިޔާރުކަމުގައި ހުރެގެން ނުވާނެ ކަމަށް ބުނި؛ އޭގެ ބަދަލުގައި ދާންވީ މަސާޖު ޕާލާ ކަހަލަ ތަންތަނަށް ކަމަށް ބުނި

ތަފްސީލް - އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ އަންހެނުންގެ ކަރާމާތާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ކޮންމެ އިންސާނެއްގެ ވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ގާނޫނުއަސާސީގެ އިތުރުން އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާތަކުން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށް ބުންޏެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށް ވެސް ބުންޏެވެ. އިހްތިރާމާ އެކު ހިޔާލު ފާޅުކުރުމަށާއި އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތެއްގެ މަތިން ވާހަކަ ދެއްކުމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ:

  • ވަކި ޖިންސަކަށް ވީތީ ނުވަތަ އަންހެނަކަށް ވީތީ ކުރާ ފުރައްސާރަ އާއި ތަފާތުކުރުންތަކުން އެއްކިބާވެތިބެ، ބިނާކުރަނިވި ގޮތެއްގައި ޚިޔާލުފާޅުކުރުމަށް ގޮވާލަން

  •  އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ރާއްޖޭން ބައިވެރިވާއިރު، މިފަދަ އަމަލުތަކަކީ އެ މުއާހަދާއާ ވެސް ހިލާފް ކަމެއް

  • ޝުޖޫން ފަދަ އިލްމީ، ގާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށާއި ހައްގުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެއް

  • ފަދަ ފުރައްސާރައިގެ ސަބަބުން ޤައުމީ ޚިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ

"އެހެންކަމުން، މިފަދަ އަދި މި ނޫން ވެސް އާންމު މަންސަތަކުގައި، އިންސާނީ ކަރާމާތާއި އަނެކުންގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މި ބާވަތުގެ ވާހަކަތައް ނުދެއްކުމަށް، މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" ކޮމިޝަންގެ ބަޔާން ނިންމާލަމުން އެދިފައިވެ އެވެ.

ކޮމެންޓް (5)

އަލީ

26 ޑިސެމްބަރު 2025
އަލީ ބުނެބަލަ ތިޔަބުނާ ޱުރެސް ކޯޱަކީ ފަނޱިޔާރުން އަމިއްލައަށް ހަދަންޖެހޭ އެއްޗެއްތޯ؟ ޤައުމުގެ އެންމެން ޝޭޙުންނަށް ވީމަ ވާނެގޮތް މިވަނީ. ތިޔަވަރަށް ކަންތައް ބަލާނަމަ މިނަގާ ޓެކުސް ފައިސާ މީކޯއްޗެއްތޯ؟ ކީއްކުރާ ފަތުވާ މަޖިލީހެއްތޯ އަހަރުމެން އަމިއްލައަށް ކަންތައް ނިންމާކަމަށްވާނަމަ.
4 0

ކަޅުބެ ދޮންބެ

25 ޑިސެމްބަރު 2025
ތިޔަބުނާ ބޭފުޅާ މާލެއަތޮޅުގަ ބަނގުއާވި ވިއްކާ ރިސޯޓް ހިންގި މީހެއް ދެންކޮންވާހަކައެއްދައްކަނީ. ތިޔަ މާލަމުގަ އެފުރުސަތު ދިންފަރާތުން މާފަށްއެދެންޖެހޭ ވަރުކަމެއްމީ.
2 0

ޢަލީ

25 ޑިސެމްބަރު 2025
ރާއްޖޭގެ އެންމެ މަތީ ކޯޓުގައި އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޑްރެސްކޯޑް އޯކޭތަ؟ ގުރުއާނުގައި އައުރަ އޮންނަން ވީގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި އޮވޭ.
5 2

ނަޔާން

25 ޑިސެމްބަރު 2025
ކަޅުބެ އަބްދުއްލަޠީފޭ ތިޔަ ވާހަކަ ދެއްކީ. މާލަހުން މި ބަޔާން މި ނެރުނީ، ވަރަށް ސަލާން
3 1

ހެލޯ

25 ޑިސެމްބަރު 2025
މިހާރު މަޖުބޫރު ކުރުވަނީތޯ ބުރުގާއަޅަން 2 ހާހުގެ އަހަރުތަކުގެ ކުރިންވެސް މިޤައުމުގަ މީހުން އުޅުނީ އިސްލާމްދީނަށް އެއިރުވެސް އަދި މިހާރުވެސް އެމީހެއްގެ އަމިއްލަ މިނިވަންކަން އެޅުމާއި ނެއެޅުން. އާއްމު ބައްދަލުވުންތަކުގަ އެފަދަވާކަދެއްކުމުގެ ހުއްދަދީގެން ނުވާނެ އަނެއްމީހާގެ ކަރާމަތައް ގެއްލުންވާގޮތައް.
3 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް