ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގާއިމް ކުރި ދެ އޭޓީއެމް މިއަދު އިކޮނޮމިކް މިނިސްޓަރު ސައީދު އިފްތިތާހުކޮށްދެއްވަނީ

ބީއެމްއެލް

ހުޅުމާލެ ފޭސް2ގައި ބީއެމްއެލްގެ ޑޮލަރު އަދި ރުފިޔާ އޭޓީއެމް ދެ ސެންޓަރު ހުޅުވައިފި

މި ހިދުމަތް އިފްތިތާހުކޮށްދެއްވީ، އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު
18 ޑިސެމްބަރު 2025

ގައުމީ ބޭންކު، ބީއެމްއިލްއިން ހުޅުމާލެ ފޭސް2ގައި ފުރަތަމަ ފަހަރަށް ޑޮލަރު އަދި ރުފިޔާ އޭޓީއެމްއެއް ސެންޓަރުތަކެއް ގާއިމްކޮށް މިއަދު އެތަންތަން ހުޅުވައިއެ ބޭންކުގެ އޭޓިއެމް ވިއުގަ އިތުރަށް ފުޅާކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ދެ އޭޓީއެމް ސެންޓަރުގެ ހިދުމަތް ފަށާފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕަސަން އަހުމަދު އަލީ ހަބީބާއި ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފް އަދި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ތަފްސީލު - ބީއެމްއެލްއިން މިކަމާ ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ދެ އޭޓީއެމް ސެންޓަރު ހުޅުވުމާ އެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ދިވެހި ރުފިޔާ އާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އަބަދުވެސް އެކުންފުނިން މަސައްކަތް ކުރަމުން ދަނީ، ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

"ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވި އެވެ.

ހުޅުމާލޭ ފޭސް 1 ގައި ބީއެމްއެލްގެ ބްރާންޗެއް ހުރެ އެވެ. އެތަނުގައި ސެލްފް ސާވިސް އޭޓީއެމްއެއް ވެސް ހުރެ އެވެ. އޭގެ އިތުރުން ރެނާޓަސް އިތާމުއި ފްލެޓް އިމާރާތުގެ ތިރީގައި ޑޮލަރު އޭޓީއެމްއަކާއި ރުފިޔާއަށް ހާއްސަ ދެ އޭޓިއެމް ހުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް