ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމަށް ކަމާގުުޅުންހުރި އިދާރާތަކުން ހިންގާ ޖޮއިންޓް އޮޕަރޭޝަންގައި ތަނެއް ބަލައި ފާސްކުރަނީ(ފޮޓޯ/އިމިގްރޭޝަން)

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 252 ތަނެއްގެ ޝަކުވާ؛ 37 ވިޔަފާރިއެއް ބަންދުކޮށްފި

37 ވިޔަފާރީއެއް ބަންދުކޮށްފައިވަނީ ވިޔަފާރީއެއް ބަލައި ފާސްކުރުމަށްފަހު؛ އިއްޔެގެ ނިޔަލަށް އަލުން ހުޅުވަން 8 ވިޔަފާރިއަކަށް ހުއްދަދީފައިވެސް ވޭ

ގަވާއިދާ ހިލާފަށް ހިންގާ 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ އެންމެ ފަހުގެ އަދާހަމަ މިއަދު އެ މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން، 29 ނޮވެމްބަރުން އިއްޔެގެ ނިޔަލަށް ބަލައި ފާސްކޮށްފައިވާ ތަންތަނާއި ބަންދުކޮށްފައިވާ ތަންތަނުގެ މައުލޫމާތު މީގެ ތެރޭގައި ހިމެނެ އެވެ.

ތަފްސީލް - މި ތަފާސްހިސާބުތަކުގައި ވާގޮތުން:

  • ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ - 252 ތަނުގެ ޝަކުވާ ލިބިފައިވޭ

  • ބަލައި ފާސްކޮށްފައިވަނީ - 98 ވިޔަފާރި

  • އިގުތިސާދީ ވުޒާރާއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން 25 ވިޔަފާރިއެއް ބަންދުކޮށްފައިވޭ

  • އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން 12 ވިޔަފާރިއެއް ބަންދުކޮށްފައިވޭ

މީގެ އިތުރުން، އަލުން ހުޅުވަން އަށް ވިޔަފާރިއަކަށް ހުއްދަދީފައިވެ އެވެ.

ކޮމެންޓް (1)

މަތިގަ އުޅޭ މަލިކުމީހާ

17 ޑިސެމްބަރު 2025
ވިނަރެސް 7 ޓަވަރު ތިރީގަ ހުންނަ އެމްއެސްއާރު ކިޔާ ފިހާރަ އެތަނުން ވިއްކާ ތަކެތީގަ އަގުނުހުރޭ އެވަގުތަކު ސޭޓައް ފެންނައަގެއްގަ ތަކެތި ވިއްކަނީ ސޭޓަކައް ބޭރުމީހެއް ފުކެއް ބޮޑުވަރުދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް