އަހުމަދު ފަޔާޒު ހަސަން ލިއުއްވި 'ދިރާސާކުރާނެ ފަސޭހަ ގޮތްތައް' ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި (ފޮޓޯ/ ވިލާ ކޮލެޖް)

ވިލާ ކޮލެޖު

ފަޔާޒު ލިއުއްވި ފޮތް، 'ދިރާސާކުރާނެ ފަސޭހަ ގޮތްތައް' ނެރެފި

އުނގަންނައިދިނުމުގެ ރޮނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ އިލްމީ ފޮތެއް އަދި ދިރާސާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެ ފޮތް ވެގެން ދާނީ އެ މީހުންނަށް މަގު ދައްކާ އާރުކާޓީއަކަށް
15 ޑިސެމްބަރު 2025
1

ވިލާ ކޮލެޖުގެ ދާރިސެއް ކަމުގައިވާ އަހުމަދު ފަޔާޒު ހަސަން ލިޔުއްވާފައިވާ ދިރާސާކުރާނެ 'ފަސޭހަ ގޮތްތައް' ވިލާ ކޮލެޖުން އިއްޔެ ނެރެފި އެވެ.

ވީކިހިނެއް؟ - ވިލާ ކޮލެޖުގައި ބޭއްވި ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބާއި ފޮތުގެ މުސައްނިފް އަހުމަދު ފަޔާޒު ހަސަން އެވެ.

ތަފްސީލް - ވިލާ ކޮލެޖުން ބުނި ގޮތުގައި 208 ސޮފުހާގެ އެ ފޮތް އެކުލެވިގެންވަނީ 13 ޗެޕްޓަރުގެ މައްޗަށެވެ. ދިރާސާކުރުމުގައި ބަލަންޖެހޭ ހުރިހާ ކަމެއް އެ ފޮތުގައި ހިމަނާފައިވެ އެވެ.

ފަޔާޒު ލިއުއްވި އޭނާގެ ނުވަ ވަނަ ފޮތުގެ އަގަކީ 175ރ. އެވެ. ފޮތް ލިބެން ހުންނާނީ ވިލާ ކޮލެޖުންނެވެ.

އެ ކޮލެޖުން އިތުރަށް ބުނި ގޮތުގައި:

  • އެ ފޮތް އަމާޒުކޮށްފައި ވަނީ މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންނާއި ޔުނިވަސިޓީތަކާއި ކޮލެޖުތަތަކުގައި އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ އުސްތާޒުންނަށް

  • އުނގަންނައިދިނުމުގެ ރޮނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ އިލްމީ ފޮތެއް އަދި ދިރާސާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެ ފޮތް ވެގެން ދާނީ އެ މީހުންނަށް މަގު ދައްކާ އާރުކާޓީއަކަށް

ފަޔާޒުގެ ލިޔުމެއް ފުރަތަމަ ޝާއިއު ކުރީ 1984 ވަނަ އަހަރު ހަވީރު ނޫހުގަ އެވެ. ފަޔާޒުގެ ފުރަތަމަ ފޮތް 'ވާލްޑް ކަޕް އިޓަލީ 1990' ޝާއިއު ކުރީ 1990 ވަނަ އަހަރު އެވެ.

ފަޔާޒު މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އެހެން ދަރިވަރުންނާ އެކު ނޫސް މަޖައްލާ ނެރުއްވި އެވެ.

ކޮމެންޓް (1)

އައްދު ކަލޯ

15 ޑިސެމްބަރު 2025
ބޮޑުބޭބެއަކީ ވަރަށް ފޮތްވިދާޅުވާ އަދި ފޮތް ލިޔުއްވައި ތަރުޖަމާ ކުރައްވާ ބެއިކަލެކެވެ.ޢާއިލީ ގުޅުންދަމަހައްޓަވައި، އެނގިވަޑައިގަންނަވާ އެއްޗެއް އެހެން މީހުންނަށް ބުނެދެއްވުމަށް ފޯރީ ހުންނަ ބެއިކަލެކެވެ.މިހާރުވެސް ރަށްރަށުން ލިބޭ ދަޢުވަތުތަކަށް ވަޑައިގެންދެއްވައެވެ.ވަރަށް ފައްކާކޮށް އަދި ފަސޭހަކޮށް ތަރުޖަމާ ކުރައްވައެވެ.ބޮޑުބޭބެގެ ތަރުޖަމާތަކުގެ ތެރެއިން އަހަރެންނަށް އެންމެ ކަމުދަނީ ޚަލީލް ޖިބްރާންގެ "ބިނދުނުވަރަ" އަދި "އެނިމަލް ފާރމް"އެވެ.ދީނަށް ވަރަށް ލޯބި ކުރައްވަތެވެ.ވަރަށް މަޑުމައިތިރި،ހިތްހެޔޮ ބެއިކަލެކެވެ.މިއީ އައްޑޫ މީދޫގެ ޤަދަރުވެރި ތަޢުލީމަށް ލޯބިކުރާ،ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވާ ބެއިކަލެއްމެއެވެ.މާތްﷲބޮޑުބޭބެއަށް ހެޔޮރަޙުމަތްލައްވައި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް