ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު (ފޮޓޯ/މަޖިލިސް)

މައުރޫފް ޒާކިރު

މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި؛ އަދިވެސް ހޮސްޕިޓަލްގައި

ފުލުހުން ބުނީ މައުރޫފް ޑޮކްޓަރަށް ދެއްކީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުއްޓާ ލިބުނު އަނިޔާއެއްގެ ސަބަބުން ނޫން ކަމަށް
14 ޑިސެމްބަރު 2025
1

މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ. 

އެނގުން މުހިންމު - މާލޭ ރަސްމީ ފާލަމާ ދިމާލު ނެރު ބަންދުކޮށް ބޮޑު ކަންނެލި މަސްވެރިން ކުރަމުން ދިޔަ އިޖުތިޖާޖުގެ ތެރެއިން މައުރޫފް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފައި ވަނީ: 

  • މިދިޔަ ހުކުރު ދުވަހު؛ ފުލުހުން އެދުނީ 15 ދުވަހަށް ބަންދުކުރަން

  • ކޯޓުން އޭނާ ހައްޔަރުކުރަން ހުއްދަ ދިނީ ފަސް ދުވަހަށް  

ފުލުހުން އިއްޔެ ވަނީ މައުރޫފް ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ފަހު އޭނާގެ އެމަޖެންސީ ސާޖަރީއެއް އިއްޔެ ހަދާފައިވެ އެވެ.

ވީ ކިހިނެއް؟ - އެކަމާ ގުޅޭ ގޮތުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މައުރޫފް ޑޮކްޓަރަށް ދައްކަން ގެންދިޔައީ އޭނާގެ އެދުމުގެ މަތިން ކަމަށެވެ. އަދި އޭނާ ޑޮކްޓަރަށް ދެއްކީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި މިހާރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ. 

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ހިފަހައްޓަމުންނެވެ. އެގޮތުން، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ބޮޑު ސަމާލުކަމެއްދޭ ކަމެކެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ. 

ތަފްސީލް - މައުރޫފް ސާޖަރީއެއް ހެދީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. އަދިވެސް އިތުރު ސާޖަރީއެއް ހަދަން ޖެހޭ ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފައިވެ އެވެ. 

ކޮމެންޓް (1)

ތެފައާސާ.

14 ޑިސެމްބަރު 2025
"..ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ހިފަހައްޓަމުންނެވެ..." ހަހަހަހަހަހަހަ ހެޔޮނުވާނެ މިވަރުގެ ޖޯކު ކިޔަން. ބޯން އިން ކޮފީ ތަށިވެސް ކިރިޔާ މުޅި ސްކްރީނަށް ބުރައިގެން ނުދިޔައީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް