ސިނގިރޭޓް ކޮންޓެއިނާ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ވަހީދު(ކ) އަދި އަހުމަދު އާރިފް (ވ)

ސިނގިރޭޓް ވައްކަން: ވަހީދާއި އާރިފް އަދި އެކަކު ދޫކޮށްލައި އެންމެންނަށް ދައުވާކުރަން އެދިއްޖެ

އެޕޯލޯގެ އެއް ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެކަކު ބަންދުން ދޫކޮށްލަނީ ކުށް ކުރުމުގައި ސީދާ ބައިވެރިވެފައި ނުވާތީ އާއި ކުށުގެ އަދަބަށް ރިއާޔަތްކޮށް ކަމަށް ޕީޖީ އޮފީހުން ބުނި
11 ޑިސެމްބަރު 2025
2

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓާ އެކު ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ތުހުމަތުވާ މީހުންނަށް ދައުވާކުރުމަށް އެދި ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ވީކިހިނެއް؟ - ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިއަދު ބުނި ގޮތުގައި، އެ މައްސަލަ އޮފީހަށް ލިބުނީ މި މަހުގެ 3 ވަނަ ދުވަހު އެވެ. އަދި ދައުވާކުރުމަށް ކުރަން ޖެހޭ މަސައްކަތް އެ އޮފީހުން އަންނަނީ ކުރަމުންނެވެ.

ތަފްސީލް - ދައުވާކުރުމަށް އެދި ފޮނުވި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދު މުރާޖައާކުރުމަށް ހުށަހަޅައިގެން ތިން މީހުން ވެސް ކޯޓުން ދޫކޮށްލާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އެ މީހުންނަކީ:

  • މުހައްމަދު ވަހީދު، ދިގަލި/ބ. އޭދަފުށި (އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު)

  • އަހުމަދު އާރިފް، މއ. އެވާގްލޯރީ (ލޮޓަސް ކުންފުނީގެ ވެރިޔާ)

  • ހަސަން އަބްދުއްރަހްމާން، ލިންކް/ކ. ތުލުސްދޫ

މީގެ ތެރެއިން ވަހީދާއި އާރިފް ބަންދުން ދޫކޮށްލުމަށް ނިންމީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ ކުށްކުރުމަށް ރޭވުން ކަމަށް ވެފައި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހަސަން އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލަން ނިންމީ، އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މުހައްމަދު ޝަރީފް، ދަފްތަރު ނަންބަރު ރސ. 1355އަކީ މި މައްސަލަ ހުށަހެޅުނުއިރު ބަންދުގައި ހުރި މީހެއް ނޫނެވެ.

މި މައްސަލާގައި މިހާރު ބަންދުގައި ތިބި މީހުންނަކީ:

  • މުއާޒު އަލީ، ހ. ނިއުހެޕިނަސް (މިފްކޯގެ ޖެނެރަލް މެނޭޖަރު)

  • ޒިވާރު އިސްމާއިލް، މެދުރީގެ/ހދ. ވައިކަރަދޫ (ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް)

  • އަހުމަދު ޝަހީމް، ނޫރަލީގެ/ހދ. ވައިކަރަދޫ (އެމްޕީއެލްގެ މުވައްޒަފެއް)

  • އަހުމަދު ފިރުސާން، ހ. ރުމޭނިޔާ (އެމްޕީއެލްގެ މުވައްޒަފެއް)

  • ހުސައިން ސާމިހު، ޗާނދަނީގެ/ސ. ހިތަދޫ (އެމްޕީއެލްގެ މުވައްޒަފެއް)

  • އާދަމް ވަހީދު، ކެނެރީގެ /ނ. މިލަދޫ (ކޮންޓެއިނަރު ގެންދިޔަ ދޯނީގެ ކައްޕި)

  • މުހައްމަދު އަލަމިން މިއާ، ބަންގްލަދޭޝް

ޕީޖީ އޮފީހުން ބުނި ގޮތުގައި، ބަންދުގައި ތިބި މީހުން ބަންދުން ދޫނުކުރުމަށް ނިންމި ސަބަބުތަކަކީ:

  • އެ މީހުންނަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށްވުން

  • އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ، މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމުގައި ވާތީ

ކޮމެންޓް (2)

ތެފައާސާ.

12 ޑިސެމްބަރު 2025
ހަނދާނަށްއައީ އެއްކަލަ ފަޒުލްގެ މައްސަލަވެސަ ފަޅާއެރި ހިސާބުން ވަރަށް އާޓުދައްކާފައި ފުލުހުންގޮސް އޭނާގެ ގެއާއި ތަންތަނަ ރެއިޑުކޮށްފައި ދުވަސްގަނޑެއްކޮށް މީހުން ހަނދާންނެތޭނޭހާ ދުވަސްކޮށްފައި ހެކި ނެތިގެން މައްސަލަ ފައިލް ކުރި ކުރުން.
3 0

ސިކުނޑި

11 ޑިސެމްބަރު 2025
ފުލުހުން މިހަދާއެއްޗެއް ނޭނގެ! އެވަރުގެ ހެކިނެތީސް ކިހިނެތް ވެގެންތޯ ދެމީހަކު ހައްޔަރު ކޮށްފަ ބެހެއްޓީ! ތަހުގީގު ޓީމުގައި ޕީޖީގެ ވަކީލެއްވެސް ނެތީތޯ؟ އެހެންވެ އަބަދުވެސް ސިކުނޑި ބުނަނީ ފުލުހުންގެ ތަހުގީގު ފެންވަރުދަށޭ! ދަށްވަނީ ސިޔާސީ ނުފުޒާއި ކަރަޕްޝަން އޮންނާތީ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް