ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއް ތަސްދީގުކުރައްވަނީ؛ ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދަން މަޖިލީހަށް ފޮނުވައިފި - (ފޮޓޯ/ރައީސް އޮފީސް)
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަނީ
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މި ކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - "ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން،" ރައީސް ލިއުއްވާފައިވެ އެވެ.
އެނގުން މުހިންމު - ޖިނާއީ ކުށްތައް ބަޔާންކޮށްފައިވާ ގާނޫނުލްއުގޫބާތުގައި ޖުވާ ކުޅުމާއި އެފަދަ އެއްވެސް ކަމެއް އެ ގާނޫނުގައި ނުހިމެނެ އެވެ.
ކޮމެންޓް (3)
ދިއްދާ
ތެފައާސާ.
ސިކުނޑި