މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

މެންބަރު ގަފޫރު އެމްޑީޕީގެ ވަގުތީ ޗެެއާޕާސަނަކަށް އައްޔަންކޮށްފި

އޭނާ އެ މަގާމަށް އައްޔަން ކުރަން 65 މެންބަރުން ވަނީ ތާއީދުކޮށްފައި
8 ޑިސެމްބަރު 2025

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއަކަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އައްޔަނުކުރަން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - މެންބަރު ގަފޫރު ވަގުތީ ޗެއާޕާސަން ކަމަށް އައްޔަންކޮށްފައި ވަނީ މިރޭ އެކަމަށް ޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ނެގި ވޯޓްގަ އެވެ.

ތަފްސީލް - އެ ވޯޓްގައި ގަފޫރު އެ މަގާމަށް އައްޔަން ކުރަން 65 މެންބަރުން ތާއިދުކޮށްފައިވެ އެވެ.

އެނގުން މުހިންމު - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެގޮތުން:

  • އެކަމާ ގުޅިގެން އެ މަގާމަށް ވަގުތީ ބޭފުޅަކު އައްޔަން ކުރަން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެސް ގައުމީ މަޖިލިސް ބާއްވައި ވޯޓް ނެގި 

  • ނަމަވެސް، އެ ވޯޓާ މެދު ހިޔާލު ތަފާތުވެ، ބައްދަލުވުން ހޫނުވެ ވަނީ ޖަލްސާ ނިންމާލާފައި 

އެ މަގާމަށް އޭރު ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް،  ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އަދި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް