އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ގޯތި ލިއުންތައް ނައްތާލި ކަމަށް ބުނާ މައްސަލާގައި ފަޒުލްއަށް ދައުވާނުކުރަން ނިންމައިފި
ހުޅުމާލޭން ގޯތިތައް ދޫކޮށްފައި ހުރި ގޮތް ފެންނަ، އެޗްޑީސީގައި ހުރި ލިއުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ލިއުންތައް ފޮހެލި ކަމަށް ތުހުމަތުކުރާ މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދަށް ދައުވާނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ނިންމައިފި އެވެ.
ވީކިހިނެއް؟ - މާލޭ މީހުންނަށް ގޯތި ދޭން މިދިޔަ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނަން ނުހިމެނޭ، ފަޒުލްގެ ބޭބެ އަދި އޭރު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދޫކުރިކަން ފެންމަތިވުމާ އެކު، އެ މައްސަލަ ތަހުގީގުކުރަން ފެށި އެވެ.
މި މައްސަލައާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވި ފަޒުލް، އެޗްޑީސީގެ ސާވާގައި ލިޔުންތަކެއް ޑިލީޓްކޮށްލިކަމަށް ތުހުމަތުކުރާ މައްސަލަ ޑިކްލައިންކުރުމަށް ނުވަތަ ދައުވާނުކުރާ ގޮތަށް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ޕީޖީ އޮފީހުން ނިންމި އެވެ.
ތަފްސީލް - ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ފަޒުލް އަދި އެޗްޑީސީގެ އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމީ އެ ތުހުމަތަށް ބާރު ދޭނެ ހެކި ގަރީނާ ލިބިފައި ނުވާތީ ކަމަށެވެ. އެ ގޮތުން:
-
އެ ދެ މީހުންގެ މައްޗަށް ކުރެވުނު ތުހުމަތަކީ ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވަގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެއް
-
އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވޭ
-
ފުލުހުންގެ ތަޙުގީގު ރިޕޯޓުގައި، ފަޒުލް އާއި ޝުހޫދު، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ބަޔާންކޮށްފައިވޭ
މި މައްސަލާގައި ފަޒުލްގެ މައްޗަށް ތުހުމަތުކުރެވޭ އެހެން މައްސަލައެއް ބަލަމުންދާ ކަމެއް ސާފެއް ނޫނެވެ.
ކޮމެންޓް (3)
މަނިކުބެ
ތެފައާސާ.
ހަސަން