އެލިއާގެ ސީއެފްއޯ ސަމަން ޕުޝްޕަކުމާރާ، ލަންކާގެ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަންއާ އެހީ ހަވާލުކޮށްދެއްވަނީ. (ފޮޓޯ/އެލިއާ)

އެލިއާ

އެލިއާއިން ލަންކާ މީހުންނަށް 20،000 ޑޮލަރު ދީފި

އެލިއާ އިން ބުނީ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން އަދި މަސައްކަތް ކުރަމުން އަންނައިރު، ދިވެހި މުޖުތަމައަށް މުހިންމު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް
1 ޑިސެމްބަރު 2025

ބާރުގަދަ ތޫފާން، 'ދިތުވާ'ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީވުމަށް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އެލިއާ ކުންފުނިން 20،000 ޑޮލަރު ދީފި އެވެ.

ތަފްސީލް - މި އެހީ:

  • އެލިއާގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއެފްއޯ ސަމަން ޕުޝްޕަކުމާރާ

  • ލަންކާގެ ހައި ކޮމިޝަންގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން

ބުނީ ކީކޭ؟ - އެލިއާ އިން ބުނީ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން އަދި މަސައްކަތް ކުރަމުން އަންނައިރު، ދިވެހި މުޖުތަމައަށް މުހިންމު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ގުޅުން ހުރި - ޕީއެސްއެމުން އިސްނަގައިގެން 'ސިލޯނާ އެކު ދިވެހިން'ގެ ނަމުގައި އިއްޔެ ހެނދުނުން ފަށައިގެން މިއަދު މެންދުރުފަހު 2އާ ހަމައަށް ހާއްސަ ޓެލެތޯނެއް ކުރިއަށް އެބަ ގެންދެ އެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ވިޔަފާރިތަކުން ވަނީ އެހީ ދީފަ އެވެ.

އެނގުން މުހިންމު - ލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް 334 މީހަކު މަރުވެ، 228 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން މިއަދު ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް