ސަނީ އުމަރު.

ޖިންސީ ކުށްތައް

ސަނީ އުމަރު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ އާއިލާއިން އިއްޔެ ރިޕޯޓްކޮށްފި

އާއިލީ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަން ފަޅާއެރުމުން ސަނީ އުމަރު ރާއްޖެ ދޫކޮށް ފުރާފައިވާކަމަށް ވަނީ އަޑުފެތުރިފައި؛ އެ އާއިލާގެ ކުއްޖަކަށް އޭނާ ޖިންސީ ގޯނާކުރި ކަމަށް އާއިލާގެ ފަރާތުން ފުލުހަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި
30 ނޮވެމްބަރު 2025

މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރު އާއިލާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް އާއިލާއިން އިއްޔެ ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަނީ އުމަރުގެ އަނބިމީހާގެ އާއިލީ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަން ފަޅާއެރުމުން ސަނީ އުމަރު ރާއްޖެ ދޫކޮށް ފުރާފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އޭނާ އިއްޔެ ފުރައިގެން ދިޔައީ އިންޑިއާގެ ނިއު ދިއްލީއަށް ކަމަށްވެ އެވެ.

އިއްޔެ އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި އާއިލާއިން އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސަނީ އުމަރު ހުރި ތަނަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރި ނަމަވެސް މައްސަލަ ހުށަހެޅިކަމާއި ފުލުހުން މައްސަލަ ބަލަމުންދާ ކަމުގެ އިތުރަށް އެއްވެސް ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ.

އެނގުން މުހިންމު - ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް އާއިލާއިން ރިޕޯޓްކުރި ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ސަނީ އުމަރު ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފަ އެވެ. އެގޮތުން:

  • އެއީ އަންހެން ދެ ކުއްޖަކާއި ފިރިހެން ކުއްޖެއް 

  •  އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން

  • އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް