ގދ. ތިނަދޫ. (ފޮޓޯ/އާރުޑީސީ)

ހަށިވިއްކުން

ތިނަދޫގައި ހަށިވިއްކަމުންދިޔަ ދިވެއްސަކާއި ތައިލެންޑު މީހެއް ހައްޔަރުކޮށްފި

ކަފާލާތުގެ ދަށުން ފިރިހެން މީހާ ދޫކޮށްލިއިރު، ތައިލެންޑު އަންހެންމީހާގެ ބަންދަށް 4 ދުވަސް ވަނީ ދީފައި. މި ދެ މީހުން ވެސް ހައްޔަރުކުރީ ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން
29 ނޮވެމްބަރު 2025
3

ގދ. ތިނަދޫގައި ހަށިވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން އެ އޮޕަރޭޝަން ހިންގީ ތިނަދޫގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 11:30 ހާއިރު އެވެ.

ތަފްސީލު - އެ އޮޕަރޭޝަންގައި ތިނަދޫގެ ގެއެއް ބަލައިފާސްކޮށް، 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެއް ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. 

"އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް، ކުށުގެ ވެށިން،" ފުލުހުން ބުންޏެވެ. 

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފިރިހެން މީހާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އަދި އަންހެން މީހާގެ ބަންދަށް 4 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (3)

އުރުދުޣާން

30 ނޮވެމްބަރު 2025
ސުރުޙީ އޮތްގޮތް ރަނގަޅު ކޮށްލަން ފެނޭ. "ފައިސާއަށް ހަށި ވިއްކި މީހަކާއި ހަށި ގަތް މީހަކު" މިގޮތް ރަނގަޅު ކަމަށްފެނޭ. ވިއްކިކަމަށް ވާނަމަ، ދެމީހުންނަށްވެސް ފައިސާ ލިބޭނެ. އެކަމަކު ލަފާކުރެވޭގޮތުން ދެމީހުންނަށް ޢަރާމު ލިބިފަ އެކަކަށް ފައިސާ ލިބުނީ.
0 0

ތެފައާސާ.

30 ނޮވެމްބަރު 2025
"ހަށި ވިއްކުން" މި ލަފްޒު އެބަ ޖެހޭ "ހަށި ގަނެވިއްކުން" މި ލަފްޒަށް ބަދަލު ކޮށްލަން. "ހަށި ވިއްކުމޭ" ބުނީމާ ވިއްކާ މިހާގެ ވާހަކަ އެކަނި މި އަންނަނީ، ގަންނަ މީހާގެ އެއްވެސް ވާހަކައެއް ނާދޭ. ވިއްކުމާއި ގަތުންވެސް އެއްވަަރު. ރަނގަޅު ކޮށްލާ!!!
2 0

އަސްލު

30 ނޮވެމްބަރު 2025
ތިނަދޫ މީހުން އަތުގައި ހާދަ ފައިސާއެއް އޮވެޔޭ ދޯ.. އެންމެ ފަހުން ހައްޔަރު ކުރި ޓިކުޓޮކު ރާނީ ވެސް ކާފާލާގެ ދަށުން ފައިސާ ބެހެއްޓީމައި ދޫވީ..މީގެންވެސް އެނގެނީ ފައިސާ ހުރިއްޔާ ކުށުންވެސް ބަރީޔަ ވެވިދާނެކަން.. އިނގިރޭސިންގެ ގާނޫނު މިތަނަށް ގެނައިމަ ވާގޮތް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް