ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން 'ޑިޓުވާ'ގައި ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 40އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.

ރާއްޖެ-ލަންކާ

ލަންކާގެ ތޫފާން: އުރީދޫ ނަންބަރުތަކުން ހިލޭ ގުޅޭނެ

އުރީދޫން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލެއްގެ ފުރަތަމަ 5 މިނެޓު މުޅިން ހިލޭ ލަންކާއަށް ގުޅޭނެ ކަމަށް
28 ނޮވެމްބަރު 2025

އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، އުރީދޫ މޯލްޑިވްސްގެ ނަންބަރުތަކުން 24 ގަޑިއިރު ހިލޭ ލަންކާއަށް ގުޅުމުގެ ފުރުސަތު ދީފި އެވެ.

ތަފްސީލް - އުރީދޫން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލެއްގެ ފުރަތަމަ 5 މިނެޓު މުޅިން ހިލޭ ލަންކާއަށް ގުޅޭނެ ކަމަށެވެ.

"މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ،" އުރީދޫން ބުންޏެވެ.

"އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުމެވެ."

އެނގުން މުހިންމު - ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން 'ޑިޓުވާ'ގައި ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 40އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 21 މީހަކު ގެއްލިފައިވާއިރު، 10 މީހަކަށް އަނިޔާވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް