4 ޑިސެމްބަރު 2024: މުހައްމަދު ނާޒިމް ދައުރުއަށް އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނާޒިމްގެ އަތުން ބައި މިލިއަން ރުފިޔާ ހޯދަން އެޕޯލޯ ކޯޓަށް؛ ފަހުން ސެޓަލްމަންޓް އެގުރިމަންޓެއް ހަދައިފި

މާފަންނު އުތުރު ދާއިރާގެ މެންބަރު ނާޒިމް މި ފައިސާ ނުދައްކައިގެން އެޕޯލޯ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ފަހުން ސެޓަލްމަންޓް އެގްރިމަންޓެއް ހެދުމުން ސިވިލް ކޯޓުން ވަނީމި ވަގުތަށް ދައުވާ ބާތިލްކޮށްފައި
27 ނޮވެމްބަރު 2025
2

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީއާ ކޯލިޝަން ހަދާފައިވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އަތުން ބައި މިލިއަން ރުފިޔާ ހޯދަން އެޕޯލޯ ހޯލްޑިންސްއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވީކިިހިނެއް؟ - ނާޒިމް މި ފައިސާ ނުދައްކައިގެން އެޕޯލޯ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ފަހުން ސެޓަލްމަންޓް އެގްރިމަންޓެއް ހެދުމުން ސިވިލް ކޯޓުން ވަނީ މި ވަގުތަށް ދައުވާ ބާތިލްކޮށްފަ އެވެ.

މިފަދަ މައްސަލައެއް ހުށަހެޅިކަން އެނގުނީ ސިވިލް ކޯޓުން ދައުވާ ބާތިލްކޮށް މިއަދު ނެރުނު ހުކުމުންނެވެ.

ތަފްސީލް - ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން އެއީ އެޕޯލޯއިން ނާޒިމަށް ކްރެޑިޓަށް ދޫކުރި މުދަލުގެ އަގަށްވާ 485،211ރ. މިދިޔަ 19 ޖުލައިގެ ނިޔަލަށް ދައްކަން އެއްބަސްވި ނަމަވެސް އެ ފައިސާ ނުދައްކައިގެން ނާޒިމްގެ މައްޗަށް އެޕޯލޯއިން ދައުވާކުރި މައްސަލައެކެވެ.

އެ ފައިސާގެ އިތުރުން އެޕޯލޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަކީލުންނަށް ދައްކަން ޖެހުނު ފީ،25،000ރ. ހޯދުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.

ނަމަވެސް ކޯޓުން ގޮތެއް ނުނިންމަނީސް، ނާޒިމްގެ ފަރާތުން ވަނީ އެ ފައިސާ ފަސް މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓް އުސޫލުން ދައްކާ ގޮތަށް އެޕޯލޯއަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުން އެޕޯލޯއިން ބަލައިގަނެ މިހާރު ސެޓަލްމަންޓް އެގްރިމަންޓެއް ހަދައިފަ އެވެ.

ކޯޓުން ދައުވާ ބާތިލްކޮށްފައިވަނީ ސެޓަލްމަންޓް އެގުރިމަންޓާ އެއް ގޮތަށް ފައިސާ ނުދައްކާނަމަ ފަހުން ދައުވާކުރުމުގެ ހައްގު ލިބޭ ގޮތަށެވެ.

ކޮމެންޓް (2)

ހުދާ

28 ނޮވެމްބަރު 2025
ތިވެސް ދިނިއްޔާ ނޫނީ ނުލިބޭނެ! ޖަލުން މިނިވަން މަސައްކަތް ކުރި ލޯފާމަށް ދައްކަންޖެހޭ ފައިސާ އަދިވެސް ނުދޭ!
2 0

ފެކްޓް

27 ނޮވެމްބަރު 2025
1 ބިލިއަންގެ އަގުހުރި ޕްރޮޖެކްޓް ހަވާލުކުރާމީހުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކުގެ ބެކްގްރައުންޑް ނުބަލާކަން މިހާމަވަނީ.... އާންމު ރައްޔިތެއްގެ މައްސަަލައެއް އުޅެޔޭ ހޮޅުއަށީގައި ކިޔާކަން އެނގުުނަސް އެކަމެއް ޙަވާލެއްނުކުރާނެ ބަހަނާދައްކާފަ. މީދެން މުއްސަނދިންނޯ ލަދު
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް