މަހްޒޫމް (ކ)، ޝިމަން - (ފޮޓޯ/ އެކްސް)

މުޒާހަރާ

މަހްޒޫމް އާއި ޝިމަންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ދައުވާތައް ކުރިއަށް ނުގެންދަން ނިންމީ މަހްޒޫމް އާއި ޝިމަންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނި
25 ނޮވެމްބަރު 2025

ހ. މީޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ބޭއްވި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.

ވީކިހިނެއް؟ - މިދިޔަ 18 އޭޕްރީލްގައި ހިނގި އެ ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކުރި ސިލްސިލާ މުޒާހަރާގެ ތެރެއިން ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށް ތިން ދުވަހަށް ބަންދުކުރި އެވެ.

އޭގެ ފަހުން މަހްޒޫމްގެ މައްޗަށް ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އަދި ޝިމަންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލި އެވެ.

ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ދެ މީހުންނަށް ކުރި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން އެ އޮފީހުން ނިންމީ:

  •  ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމުން

  •  މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ

  • މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރުމަށް ފަހު 

ކުރި ދައުވާތަކުގެ ހުލާސާ - ޕީޖީން ބުނި ގޮތުގައި، މަހްޒޫމްގެ މައްޗަށް އޭރު ދައުވާކޮށްފައިވަނީ:

  • ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުން

  • އެ މާއްދާގައި އޮންނަނީ އަނިޔާއެއް ކުރުމުގެ ދައުވާ؛ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް

  • ސަބަބަކަށް ބުނަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށް

ޝިމަންގެ މައްޗަށް އޭރު ދައުވާކޮށްފައިވަނީ:

  • ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން

  • ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަސް

  • ސަބަބަކަށް ބުނަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ފުލުހެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް